ސައިކަލްގައި ރޯކޮށްލުން: ހައްޔަރުކުރި 3 މީހުންގެ ތެރެއިން 2 މީހުން ދޫކޮށްލައިފި

ޚަބަރު ފަހުގެ

ނ. މިލަދޫގައި މަސައްކަތްކުރާ ފުލުސް އޮފިސަރެއްގެ ސައިކަލްގައި ރޭ ރޯކޮށްލި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި 3 މީހުންގެ ތެރެއިން ދެ މީހަކު ދޫކޮށްލައިފިއެވެ.

މިމައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ 22 އަހަރާއި 27 އަހަރުގެ އިތުރުން 31 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. މިއެންމެންނަކީ ވެސް ދިވެހިންނެވެ.

އިޝްތިހާރު
އިޝްތިހާރު

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، މިމައްސަލައާއި ގުޅިގެން ހައްޔަރު ކުރި މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިލަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން 27 އަހަރުގެ މީހާއާއި 31 އަހަރުގެ މީހާ ދޫކޮށް 22 އަހަރުގެ މީހާގެ ބަންދަށް ފަސް ދުވަސް ދީފައިވާ ކަމަށެވެ.

ސައިކަލުގައި ރޯކޮއްލީ އެރަށުގައި ޑްރަގުގެ ވިޔަފާރިކުރަން އުޅުނު ކަމަށް ތުހުމަތުކުރާ މީހަކު ފުލުހަކު ހުއްޓުވުމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ