މާރިޔާ އަށް މިނިވަންކަމުގެ މާނައެއް ފަހުމެއް ނުވޭ: ޖަމީލް

ޚަބަރު ފަހުގެ

ޑިފެންސް މިނިސްޓަރު މާރިޔާދީދީ މި ފަހުން އިންޑިއާ އާއި ރާއްޖެއާ ގުޅުވައިގެން ދައްކަވާ ވާހަކަތަކުން އޭނަ އަށް ގައުމުގެ މިނިވަންކަމާއި އިސްިތިގާލުގެ މާނަ ވެސް ފަހުމްނުވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް މި ފަހުން ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ޖަމީލް ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ދިވެހިންނަކީ ނިކަމެތި، ފަޤީރު، ލާއިޤު ނޫން ބައެއް ކަމަށް އެމްޑީޕީގެ އިސްވެރިން ސިފަކުރަމުންދާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

“[އެކަން އެ ކުރަނީ] ވިކިފައި ތިބި ވަރު ބޮޑުވީމާ. ފަތުރުވެރިކަން، މަސްވެރިކަން، އުމްރާނީ ތަރައްގީ ހޯދީ އަވަށްޓެރިންނަށް ނުބަލާ.” ރާއްޖެ ތަރައްގީ އާއި ކުރިއެރުމުގެ މައިދާނުގައި ކާމިޔާބު ހޯދީ ސީދާ ވަކި ބަޔަކަށް ބަރޯސާވެގެން ނޫންކަން ފާހަގަކުރައްވައި ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވި ގޮތުގައި ޑިފެންސް މިނިސްޓަރު މިހާރު ކަންކަން ކުރައްވާ ގޮތާއި ދައްކަވާ ވާހަކަތަކަށް ބަލާ އިރު ފެންނަނީ ފިނޑިއެއް ގޮތަށެވެ.

“ތިގޮތަށް އުޅުނަސް ނިމޭނެ. ލިޔެވިގެން ދާނީ ފިނޑިއެއްގެ ގޮތަށް. ކުޑަކަކޫ ޖަހައިގެން ފައިގައި ދޫލަން އޮތުން ހުރިހާ ގޮތަކުން ވެސް ހުތުރު.” ޖަމީލް ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓަރަށާއި ސީދާ ސަރުކާރަށް މި ފަހުން އެންމެ ބޮޑަށް ކުރިމަތިވެފައިވާ ފާޑުކިޔުންތަކާއި ފިއްތުންތަކަކީ އިންޑިއާގެ ސިފައިންތަކެއް ރާއްޖޭގައި ތިބޭ މައްސަލަ އެވެ. މިކަމާ ގުޅިގެން ޖަމީލު ވެސް އުޅުއްވާ އިދިކޮޅު ކޯލިޝަން، ޕީޕީއެމް/ޕީއެންސީން އަންނަނީ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި “އިންޑިއާ އައުޓް” ގެ ނަމުގައި ގައުމީ ފެންވަރުގައި ކެމްޕޭނެއް ވެސް ހިންގަމުންނެވެ. މި ކެމްޕޭނުގައި މިހާރު އެންމެ އިސްކޮށް އުޅުއްވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ