މަސްތުވާތަކެއްޗާއެކު ކާށިދޫން ފުލުހަކު ހައްޔަރުކޮށްފި

ޚަބަރު ފަހުގެ

ަމަސްތުވާތަކެއްޗާއެކު ކ.ކާށިދޫން ފުލުހަކު ހައްޔަރުކޮށްފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސުން ވިދާޅުވީ 33 އަހަރުގެ އެ ފިރިހެންމީހާ ހައްޔަރުކުރީ މަސްތުގެ ހާލަތުގައިހުރިކަމުގެ ތުހުމަތުކުރެވިގެން މިއަދުކަމަށެވެ. އަދި އޭނާ ދިރިއުޅޭ ގެ ބަލާ ފާސްކުރުމުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ރަބަރު 3 ޕެކެޓް ފެނިފައިވާކަމަށާއި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ޔޫރިން ޓެސްޓްކުރިއިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އޭނާ އަކީ ޗުއްޓީ އަށް ކާށިދޫ އަށް އައިސް ހުރި އެހެން ރަށެއްގައި މަސައްކަތް ކުރާ ފުލުހެއް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކާށިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް 10 ދުވަސް ދީފައެވެ. މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ