އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ފޮނުވި ޑޮކްޓަރުންތަކެއް ފިލައިގެން ރާއްޖެ ދޫކޮށް ހިނގައްޖެ!

ޚަބަރު ފަހުގެ

އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ފޮނުވި ޑޮކްޓަރުންތަކެއް ފިލައިގެން ރާއްޖެ ދޫކޮށް ގޮސްފައިވާ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މެންބަރު މުޣުނީ ވަނީ އެ ހޮސްޕިޓަލުގައި ޑޮކްޓަރުން “ހަރުލާނެ ކަހަލަ އިންތިޒާމެއް ހަމަޖެއްސޭނެތޯ” މިއަދުގެ ޖަލްސާގައި މިނިސްޓަރާ ސުވާލު ކުރައްވާފައެވެ. ޖަވާބުގައި މިނިސްޓަރު ވަނީ އެ ހޮސްޕިޓަލަށް ފޮނުވާ ޑޮކްޓަރުން ފިލައިގެން ދަނީ ކީއްވެ ކަމެއް އަދި ކިހިނެއް ކަމެއް ވެސް އެނގިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެފައެވެ.

އިޝްތިހާރު
އިޝްތިހާރު

މިނިސްޓަރު ނަސީމް ވިދާޅުވީ އެ ރަށުގައި ޑޮކްޓަރުން ފިލުމުގެ މައްސަލަ ބޮޑުވެގެން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރުމަށް ފަހު، ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށާއި ބޮޑު ހަރަދެއް ކޮށްގެން ޑޮކްޓަރުން ގެންނައިރު އެ މީހުންގެ ފަރާތުން ސަރުކާރަށް ލިބެން ޖެހޭ އުޖޫރަތަކެއް ވެސް ހުންނަ ކަމަށެވެ. އަދި އެ ފަދަ މައްސަލަތައް ދިމާނުވާނެ ގޮތް ހެދުމަށް ހޮސްޕިޓަލްތަކަށްވެސް އަންގާފައިވާނެ ކަމަށާއި އަދި އިމިގްރޭޝަން މެދުވެރިކޮށްވެސް ފިލައިގެން ނުދެވޭނެ ގޮތްތަކެއް ހަމަޖައްސާފައިވާނެ ކަމަށްވެސް މިނިސްޓަރުގެ ވާހަކައިގާ ވަނީ ފާހަގަކުރައްވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ