ކޮވިޑް ނިމިއްޖެ، މިއީ އާދައިގެ ރޯގާއެއް: އާޒިމް

ޚަބަރު ފަހުގެ

ދެހާސް ނަވާރަވަނަ އަހަރުން ފެށިގެން މުޅި ދުނިޔެ ތަހައްމަލު ކުރަމުން އަންނަ ކޮވިޑް19 ގެ ބަލިމަޑުކަން މިހާރު ނިމިއްޖެ ކަމަށާއި މި ބައްޔަކީ އާދައިގެ ރޯގާއެއް ކަމަށް ރައްޔިތުން މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު މަދަރުސަތުލް އިފްތިތާހުގެ ކިޔެވުން ހަރުދަނާ ކުރުމާ ގުޅޭގޮތުން ހުށަހަޅާފައިވާ ގަރާރަށް ވާހަކަ ދައްކަވަމުން އަލީ އާޒިމް ވަނީ ކޮވިޑް19 އާއި ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އެހާ ގިނަ ދުވަހަށް ސަރުކާރުން ދިގު ދަންމަމުން ދާތީ އެކަމަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ރާއްޖެ ނޫނީ ދުނިޔޭގެ އެހެން އެއްވެސް ގައުމެއްގައި މިހާ ގިނަ ދުވަހަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ނުވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ކޮވިޑްގެ ސަބަބުން ވޭތުވެދިޔަ ދެ އަހަރު ދުވަހަކީ ދަރިންގެ ތައުލީމަށް ވެސް ބޮޑެތި އަސަރުތަކެއް ކުރި ދެ އަހަރުކަން ފާހަގަކުރައްވާ އާޒިމް ވަނީ މިހާރުވެސް ތައުލީމަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީ ކޮވިޑް ކަމަށް ވިދާޅުވެފައެވެ.

އާޒިމް ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ސަބަބުން އެތައް ގާނޫނުތަކެއް ސަސްޕެންޑުވެފައި އެބަހުރި ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ އާބާދީގެ 80 ޕަސެންޓު ދެ ޑޯޒް ވެކްސިންވެސް މިހާރު ޖަހާފައިވާ ކަމަށެވެ. އަދި ބޫސްޓާ ޑޯޒް ވެސް މިހާރު ދެމުން އަންނަ ކަމަށާއި އެހެންކަމުން ނިއު ނޯމަލް އަކަށް ރާއްޖެ ދާން ވެއްޖެ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ