ތައިރޮއިޑްގެ ފަރުވާއަކަށް ރައީސް ސިންގަޕޫރަށް ވަޑައިގަންނަވަނީ

ޚަބަރު ފަހުގެ

ތައިރޮއިޑްގެ ފަރުވާއަކަށް ޑޮކްޓަރުން ލަފާ ދެއްވާފައިވާތީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސިންގަޕޫރަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.

އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދުގެ ވަގުތެއްގައި ފަރުވާއަށް ސިންގަޕޫރަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާއިރު، މާތް ﷲގެ ވާގިފުޅާއެކު ފަރުވާގެ ކަންތައް ފުރިހަމަވެ، ލަސްނުވެ މަސައްކަތަށް އެނބުރި އާދެވޭނެ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ރައީސް ވަނީ މި މަހު ކުރީކޮޅު ވެސް ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފަ އެވެ. ރައީސްގެ ސިއްހީ ހާލުކޮޅާއި ސިންގަޕޫރުގައި ހޯއްދަވާ ފަރުވާއާ ގުޅޭ މައުލޫމާތު ރައީސް އޮފީހުން މީޑިއާ ހިއްސާއެއް ނުކުރެ އެވެ. އެ އޮފީހުގެ ތަރުޖަމާނު މަބުރޫކް އަޒީޒު ވިދާޅުވީ، އެކަން ހާމަކުރެވެން ނެތް ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ