ސީގަލް ކެފޭ ކައިރީ ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ޚަބަރު ފަހުގެ

ސީގަލް ކެފޭ ކައިރީ ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މ. ބިޖިލީ ކާސްޓްލް ކިޔާ ގެއެއްގައި ކަމަށެވެ. އަދި އެގޭގައި ރޯވި އަލިފާން ނިއްވާލުމަށް ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ސިފައިންގެ މަސައްކަތުން ގޭގައި ރޯވި އަލިފާން ނިއްވާލާފައި ވަނީ، 8:48 ގައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ