ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީއާއެކު ފ. އަތޮޅު ސްކޫލްގައި ފޮތްކިޔުމަށާއި ކުޑަކުދިން ކުޅޭނެ ތަނެއް ގާއިމްކޮށްފި

ޚަބަރު ފަހުގެ

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ފ. އަތޮޅު ސްކޫލްގައި ފޮތްކިޔުމަށާއި ކުދިން ކުޅުމަށް ހާއްސަ ތަނެއް ގާއިމްކޮށްފިއެވެ.

“ފަހި މާހައުުލު”ގެ ނަމުގައި މި ޕްރޮޖެކްޓް ހިންގާފައިވަނީ ފަތުޙުﷲ ޝާޠިރުއެވެ. މިއީ ކުޑަކުދިން ހިތުގައި އުނގެނުމަށް ޝައުގުވެރިކަން އުފައްދައި ކިޔެވުމުގައި ފަހި މާހައުލެއް ގާއިމްކޮށްދިނުމުގެ އަމާޒުގައި ހިންގުނު ޕްރޮޖެކްޓެކެވެ.

އިޝްތިހާރު
އިޝްތިހާރު

ސްކޫލްގެ ފައުންޑޭޝަން ސްޓޭޖް ކްލާސް ރޫމްގައި ފޮތްކިޔުމަށާއި ކުދިން ކުޅުމަށް ގާއިމްކޮށްފައިވާ މިތަނުގައި ވަނީ ބީން ބޭގް ބަހައްޓައި، ފޮތާއި ކިޔުމަށް ބޭނުންކުރާ އެހެނިހެން ތަކެއްޗާއި ކުޅޭ ސާމާނު ހިމަނާފައެވެ.

” މިގާއިމް ކުރެވުނު ތަނުގެ ސަބަބުން ކިޔެވުމަށް ކުދިންގެ ޝައުގުވެރިކަން އިތުރުވުމަށް މަގުފަހިވެގެންދާނެ. މިފަދަ މުހިންމު ޕްރޮޖެކްޓަށް ފަންޑުކޮށްދެއްވި ކަމަށްޓަކައި ފ. އަތޮޅު ސްކޫލްގެ ނަމުގައި އާއި ފީއަލީގެ ރައްޔިތުންގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް އަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން.” ފަތުޙުﷲ ވިދާޅުވީއެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑަަކީ އާންމު ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް އަމާޒުކޮށްގެން ރަށްރަށުގައި ދެމެހެއްޓެނެވި ގޮތެއްގައި ޕްރޮޖެކްޓް ހިންގުމަށް ހުޅުވާލެވޭ ފުރުސަތެކެވެ. މިގޮތުން ކޮންމެ ކުއާޓަރއެއްގައި 5 ޕްރޮޕޯސަލް ހޮވައި ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް 50،000 ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށްދެވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ