ކުރެހުމާބެހޭ ވޯކްޝޮޕެއް ގައިދީންނަށް ފަށައިފި

ޚަބަރު ފަހުގެ

“ސްޓާޓިން އާޓް ވޯކްޝޮޕް” ގެ ނަމުގައި ކުރެހުމާބެހޭ ވޯކްޝޮޕެއް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)އިން މާފުށީ ޖަލުގައި ފަށައިފިއެވެ.

ކަރެކްޝަންސްއިން ބުނީ މިއީ އެލަވަންސް ވަޒީފާގައި އުޅޭ ގައިދީންނަށް ހާއްސަކޮށްގެން ބާއްވާ ވޯކްޝޮޕެއްކަަމަށެވެ. އަދި މި ވޯކްޝޮޕް ތިން ހަފްތާގެ މުއްދަތަށް ކުރިއަށްގެންދާނެ ކަމަށްވެސް ކަރެކްޝަންސް އިން ބުނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ކަރެކްޝަންސް އިން ބުނީ މި ވޯކްޝޮޕްގައި ހަފްތާއަކު ފަސް ދުވަހު ކިޔަވާ ދޭނެކަމަށާ، މިހާރު މި ވޯކްޝޮޕްގައި ކުރެހުމަށް ޝައުގުވެރިވާ 8 ގައިދީން ބައިވެރިވެފައިވާ ކަމަށެވެ.

ކަރެކްޝަންސްއިން އިތުރަށް ބުނީ މި ވޯކްޝަޕްގައި އެކި ބާވަތުގެ ޕެއިންޓް ބޭނުންކޮށްގެން ކުރެހުން ފުރިހަމަކުރާނެ އުކުޅުތައް ކިޔައިދިނުމުގެ އިތުރުން ކުރަހަން ފަށައިގަންނާނެ ގޮތް ކިޔަވައިދޭނެކަމަށެވެ.

މިހާރުވެސް އަށް ގައިދީއަކު ބައިވެރިވެފައިވާ މި ވޯކްޝޮޕްގެ ބައިވެރިންނަށް ކިޔަވާދެނީ މާފުށީ ޖަލުގެ އޮފިސަރުން ކަމަށް ކަރެކްޝްންސް އިން މައުލޫމާތު ދެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ