މާލެ ސިޓީގެ ރައްޔިތުންނަށް، ހުޅުމާލެއިން ދޫކުރާ ގޯތި ހިލޭ ދިނުމަށް އެދިވަޑައިގެން،މޭޔަރުގެ ސިޓީއެއްރައީސްއަށް

ޚަބަރު ފަހުގެ

މާލެ ސިޓީގެ ރައްޔިތުންނަށް، ހުޅުމާލެއިން ދޫކުރުމަށް ނިންމި 1000 ގޯތި ހިލޭ ދިނުމަށް އެދިވަޑައިގެން، މޭޔަރު ޑރ.މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާއަށް ސިޓީއެއް ފޮނުއްވައިފިއެވެ.

މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުޅުމާލެއިން، މާލޭގެ ރައްޔިތުންނަށް 1000 ގޯތި ދޭން ކަނޑައަޅާފައިވާ ކަމަށް މީޑިއާއިން ލިބުނު މައުލޫމާތަކީ ހަގީގަތެއް ކަމުގައިވާނަމަ، ރާއްޖޭގެ އެހެން ރަށްރަށެކޭ އެއްގޮތަށް، މާލެ ރައްޔިތުންނަށް ހިލޭ ގޯތި ދެއްވުން އެދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް ސިޓީއަކުން ދަންނަވާފައިވާނެ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މޭޔަރު މީގެ ކުރިންވެސް ވަނީ މާލޭގެ ރަައްޔިތުންނަށްވެސް، އެހެން ރަށްރަށުގެ ބިންތައް ހިއްކުމަށްފަހު، އެރަށެއްގެ ރައްޔިތުންނަށް ގޯތި ދޭ އުސޫލުން، މާލޭގެ ރައްޔިތުންނަށްވެސް ހިލޭ ގޯތި ލިބެން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

މުއިއްޒު ވަނީ އެ ބިންތަކުގެ އަގު ރިކަވާ ކުރުމަށް އެހެން ބިންތަކާ ވިޔަފާރި މުއާމަލާތްތަކުން ފައިސާ ހޯދުމަށްވެސް ގޮވާލައްވައިފައެވެ.

ހުޅުމާލެއިން މާލެ ރައްޔިތުންނަށް 1250 އަކަފޫޓުގެ 1000 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށް ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވަނީ ބުނެފައެވެ.

އެޗްޑީސީއިން މިހެން ބުނިއިރު، މާލެ ރައްޔިތުންނަށް އިންވަކިކޮށް ގޯތީގެ ފަތް ދީފައި މެނުވީ ރިޔާސީ ދައުރު ނިންމަވާ ނުލައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވިދާޅުވިއެވެ.

މޭޔަރު މީގެ ކުރިން ވަނީ، މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިން ގޯތި ދޭން ނިންމިއިރު، ސިޓީ ކައުންސިލާ އެކަން އެއްވެސް ވަރަކަށް ހިއްސާ ކޮށްފައިނުވާތީ ކަންބޮޑުވުންފާޅުކުރައްވައިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ