މިދިޔަމަހު ކަރެކްޝަންސްގެ ބެލުމުގެ ދަށަށް ގެންދިޔައީ 34 މީހުން

ޚަބަރު ފަހުގެ

މިދިޔަމަހު ކަރެކްޝަންސްގެ ބެލުމުގެ ދަށައް ގެންދިޔައީ 34 މީހުންކަމަށް ކަރެކްޝަންސްއިން ބުނެފިއެވެ.

ކަރެކްޝަންސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، އެތަނުގެ ބެލުމުގެދަށަށް ގެންދިޔަ 34 މީހުންގެ ތެރެއިން 16 މީހަކަށް ވަނީ ހުކުމް ކޮށްފައެވެ. ބާކީތިބި 18 މީހުންގެ ޝަރީއަތްތައް ވަނީ މަޑުޖެހިފައެވެ.

އިޝްތިހާރު
އިޝްތިހާރު

މީގެތެރެއިން 43.7 އިންސައްތަ މީހުނަށް ހުކުމްކޮށްފައިވަނީ ފޭރުމުގެ މައްސަލަތަކާއި ގުޅިގެންނެވެ. އަދި 37.5 އިންސައްތަ މީހުންނަށް ހުކުމްކޮށްފަވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައެވެ.

ކޮރަޕްޝަނާއި އޮޅުވާލުމުގެ ކުށްތަކުގައި ޖަލަށްލުމަށް 6.25 އިންސައްތަ މީހުނަށް ހުކުމްކޮށްފައި ވާއިރު ނުކިޔަމަންތެރިވުމާއި މަނާ ހަތިޔާރު ގެންގުޅުމާއި މާރާމާރީގެ މައްސަލަކުގައި 6.25 މީހުންނަށް ވަނީ ހުކުމްކޮށްފައެވެ.

މީގެއިތުރުން މިދިޔަމަހުގެ ތެރޭގައި ޖަލުގައި ހިންގުނު އޮޕަރޭޝަންތަކުގައި ވަނީ ޖަލުގައި ގެންގުޅުން މަނާ ސާމާނުވެސް ހޯދާފައެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު މާފުށީ ޖަލުން ވަނީ 21 ފޯނާއި 14 ޗާޖަރު އަދި 34 ސިމް ކާޑާއި އެއް ހެޑްސެޓްގެ އިތުރުންވެސް ގެންގުޅުން މަނާގިނަ ސާމާނުތަކެއް ހޯދާފައިކަމަށް ކަރެއްޝަންސްއިން ބުނެއެވެ.

މާލޭ ޖަލުން 13 ފޯނާއި ހަތަރު ސިމްކާޑު އަދި ދެ ހެޑްސެޓާއި 8 ފޯނު ބެޓެރި އަތުލައިގެންފައިވާއިރު، އައްސޭރި ޖަލުން 10 ފޯނާއި 5 ޗާޖަރު އަތުލައިގެންފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ