މާފުށި ޖަލަށް ފޯނު ވައްދަން އުޅުނު ކަމަށް ބެލެވޭ މީހަކު މޫދުގައި މަރުވެފައި އޮއްވައި ފެނިއްޖެ

ޚަބަރު ފަހުގެ

ފަތާފައި މާފުއްޓަށް އަރައި، ޖަލަށް އެއްޗެހިތަކެއް ވައްދަން އުޅުނު ކަމަށް ބެލެވޭ މީހަކު ފިލަން މޫދަށް ފުންމާލުމުން ގޮސް ބެލި އިރު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

އެނގިފައިވާ ގޮތުގައި ރޭގެ ވަގުތެއްގައި މި ހާދިސާ ހިނގީ ފަތާފައި ޖަލާ ދިމާލުން ތޮށިގަނޑުމައްޗަށް އެރި މީހަކު ޖަލުގެ ސެކިއުރިޓީންނަށް ފެނުމުން ފިލަންވެގެން މޫދަށް ފުންމާލުމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޖަލު ބަލަހައްޓާ ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނަށް، މި މިހާ ފެނުނީ ކަނޑުގައި މަރުވެފައި އޮއްވައި ކަމަށް ވަނީ އެނގިފަ އެވެ.

ފުލުހުން ބުނީ މާފުށީ ޖަލާ ދިމާލުން މޫދު އަޑީގައި މީހަކު ގެނބިފައި އޮތް ކަމަށް ރޭ 2.22 ގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ މީހާ މޫދުން ނަގައިގެން މާފުށީ ހެލްތު ސެންޓަރަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ހެލްތު ސެންޓަރާ ހަވާލާދީ ފުލުހުން ބުންޏެވެ.

މަރުވެފައި ވަނީ 33 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ