ތ.އަތޮޅު ދިޔަމިގިލީގައި މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފި

ޚަބަރު ފަހުގެ

ތ.އަތޮޅު ދިޔަމިގިލީގައި މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ފުލުހުން ވިދާޅުވީ ދިޔަމިގިލީގައި މީހަކަށް ހަމަލާދީފައިވާ ކަމުގެ ރިޕޯޓް މިއަދު ހެނދުނު ލިބިފައިވާ ކަމަށެވެ. އޭނާ އަށް ހަމަލާ ދިނީ ކޮންއެއްޗަކުން ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

އިޝްތިހާރު
އިޝްތިހާރު

އަނިޔާ ލިބުނު ދިވެހި ފިރިހެން މީހާއަށް ރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ބުނެފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ