ބީއެމްއެލް އިން 20 ރަށަކަށް މޮޓޮރައިޒްޑް ވީލްޗެއަރ ހަދިޔާކޮށްފި

ޚަބަރު ފަހުގެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން 20 ރަށެއްގައި ދިރިއުޅޭ ހިނގާބިނގާވެ އުޅުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މޮޓޮރައިޒްޑް ވީލްޗެއަރ ހަދިޔާކޮށްފިއެެވެ.

އެގޮތުން މިފަހަރު ބީއެމްއެލްއިން ހަދިޔާކޮށްފައިވަނީ 34 މޮޓޮރައިޒްޑް ވީލްޗެއަރއެެވެ. މި އެހީ އާއެކު، ބޭންކުގެ ވީލްޗެއަރ ހަދިޔާކުރުމުގެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 170 އަށް ވުރެ ގިނަ ވީލްޗެއަރ ހަދިޔާ ކުރެވިފައިވާ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ބޭންކުން 2017 ވަނަ އަހަރު ފެށި ވީލްޗެއަރ ހަދިޔާ ކުރުމުގެ ޕްރޮގްރާމުގެ އަމާޒަކީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިނގާބިނގާވެ އުޅުމަށް ދަތިވެފައިވާ އަދި އަމިއްލައަށް މިފަދަ ވީލްޗެއަރ ބޭނުންކުރެވޭނެ ކޮންމެ މީހަކަށް ވީލްޗެއަރ އެއް ހަދިޔާ ކުރުން ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.

“އަޅުގަނޑުމެން މި ޕްރޮގްރާމް ފެށީ ދިވެހިރާއްޖޭގައި މިފަދަ ވީލްޗެއަރގެ ބޭނުންޖެހިފައިވާ ކޮންމެ މީހަކަށް ވީލްޗެއަރއެއް ހަދިޔާކުރުމުގެ އަމާޒުގައި. މި އަމާޒަށް ވާސިލްވުމަށް ކުރެވެމުންދާ މަސައްކަތާމެދު އަޅުގަނޑުމެން ފަހުރުވެރިވޭ. މި ވީލްޗެއަރގެ ޒަރިއްޔާއިން މުޖުތަމައުގައި ދިރިއުޅޭ އެހެން ފަރާތްތަކެކޭ އެއްފަދައިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް އެމީހަކު އިހްތިޔާރުކުރާ ފަދަ އުފެއްދުންތެރި އަމިއްލަ މިނިވަން ދިރުއުޅުމެއް އުޅުމުގެ ފުރުސަތު ލިބިދޭ. މި ޕްރޮގްރާމްގެ ފައިދާ މުޅި ރާއްޖެއަށް ކުރަމުންދާކަމީ އަޅުގަނޑުމެންނަށް ލިބޭ ނުހަނު ބޮޑު އުފަލެއް.” ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވިއެވެ.

ބީއެމްއެލްއިން އަންނަނީ އެކި ޕްރޮގްރާމްތައް މެދުވެރިކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިވަމުނެވެ. އެގޮތުން މިދިޔަ ޑިސެންބަރު މަހު ބީއެމްއެލްއިން ވަނީ މޯލްޑިވްސް އެސޯސިއޭޝަން ފޯރ ޕާރސަންސް ވިތް ޑިސޭބިލިޓީސް ގެ ‘ހެލްތީ ޕީޑަބްލިއުޑީސް ޕްރޮގްރާމް’ ހިންގުމަށް އެ އެސޯސިއޭޝަން އަށް 100،000 ރުފިޔާ ހަދިޔާކޮށްފައެވެ. 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ