އަޅުގަނޑުގެ ހާލު ރަނގަޅު، ހެޔޮ ދުއާކުރި ފަރާތްތަކަށް ޝުކުރު އަދާކުރަން – ރައީސް

ޚަބަރު ފަހުގެ

މީގެ ދެ ހަފުތާ ކުރިން ކުރެއްވި ތައިރޮއިޑްގެ ސާޖަރީއަށްފަހު ހާލުކޮޅު މިހާރު ރަނގަޅު ކަމަށާއި ހެޔޮ ދުއާކުރި ފަރާތްތަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޝުކުރު އަދާ ކުރައްވައިފިއެވެ.

އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގެންނެވީ ތައިރޮއިޑު ބައްޔަށް ބޭސް ފަރުވާ ކުރެއްވުމަށެވެ. އަދި އެގައުމަށް ވަޑައިގެން ޑޮކްޓަރުންގެ އިރުޝާދާއެކު އޮޕަރޭޝަނެއް ވެސް އެމަނިކުފާނު ވަނީ ކުރައްވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެމަނިކުފާނު އޮޕަރޭޝަން ކުރެއްވީ މިދިޔަ މަހުގެ 25ވަނަ ދުވަހުއެވެ. ރައީސް އޮޕަރޭޝަން ކުރެއްވި ވަގުތު ރައީސުލްޖުމްހޫރިއްޔާކަމުގެ މަސްއޫލިއްޔަތުން އެމަނިކުފާނު ވަގުތީ ގޮތުން އެކަހެރިވެވަޑައިގަތެވެ. އަދި އެމަނިކުފާނު އޮޕަރޭޝަން ކުރެއްވި ވަގުތު ނާއިބު ރައީސް ފައިސަލް ނަސީމް ރައީސުލްޖުމްހޫރިއްޔާގެ ޒިންމާތައް ނެންގެވިއެވެ.

އޮޕަރޭޝަނަށް ފަހު ރައީސް ސޯލިހު ރާއްޖެ އަށް ވަޑައިގެންނެވީ މިމަހުގެ ހަވަނަ ދުވަހުއެވެ.

“އަޅުގަނޑުގެ ޙާލު މިހާރު ރަނގަޅު. އޮޕަރޭޝަނަށް އަޅުގަނޑު ސިންގަޕޫރަށް ދިޔަ ދުވަހުން ފެށިގެން، އަޅުގަނޑަށް ހެޔޮދުއާ ކޮށްދެއްވި ހުރިހާ ބޭފުޅުންނަށް ވަރަށް އިހްލާސްތެރިކަމާއެކު އަޅުގަނޑާއި އަޅުގަނޑުގެ އާއިލާގެ ފަރާތުން ޝުކުރު ދަންނަވަން،” ރައީސް ސޯލިހު ވިދާޅުވިއެވެ

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ