ދިރާގުގެ އަހަރީ އާންމު ޖަލްސާ މިމަހު 24ގައި

ޚަބަރު ފަހުގެ

ދިވެހިރާއްޖޭގެ ގުޅުން ޕލކ، ދިރާގުގެ 33 ވަނަ އަހަރީ އާންމު ޖަލްސާ މިމަހުގެ 24 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

ދިރާގުން ބުނީ، އެ ދުވަހުގެ ރޭ 8:15ގައި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ “ހައިބްރިޑް” ކޮށް ކަމަށްވާތީ، ޖަލްސާގައި ހިއްސާދާރުންނަށް “ފަހިވޯޓް” މެދުވެރިކޮށް އޮންލައިންކޮށް ނުވަތަ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ކްރޮސްރޯޑް މޯލްޑިވްސްގެ ޖަލްސާކުރާ މާލަމަށް ހާޒިރުވެވަޑައިގެން ބައިވެރިވެވޭނެ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެހެންކަމުން 17 މާރިޗު 2022 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދިރާގުގެ ހިއްސާދާރުންގެ ރަޖިސްޓަރީގައި ހިމެނޭ ހިއްސާދާރުންނަށް އެ ޖަލްސާގައި ބައިވެރިވުމަށް އެކުންފުނިން ވަނީ ދައުވަތު ދީފަ އެވެ.

ނަމަވެސް ކޮވިޑުގެ ހާލަތާ ގުޅިގެން އަދި ގައިދުރުކަން ދެމެހެއްޓުމަށްޓަކައި، ޖަލްސާކުރާ މާލަމަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވާ ބޭފުޅުންގެ އަދަދު ވަނީ ލިމިޓްކޮށްފަ އެވެ. އަދި ޖަލްސާކުރާ މާލަމަށް ދާން ބޭނުންވާ ހިއްސާދާރުން، އެކަމަށް ރަޖިސްޓްރީކުރައްވާ އިރު، ވެކްސިން ކާޑު ހުށަހަޅަންޖެހޭނެ އެވެ.

ދިރާގުން ބުނީ، ޖަލްސާކުރާ މާލަމަށް ވަޑައިގެން ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ހިއްސާދާރުންގެ ތެރެއިން، ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭނީ މާލާމަށް ހާޒިރުވެގެންކަން ނުވަތަ އޮންލައިންކޮށްކަން، އެފަރާތްތަކަށް 22 މާރިޗްގެ ހަވީރު 4:00ގެ ކުރިން އެންގޭނެ ކަމަށެވެ.

އެ ޖަލްސާގެ ނޯޓިސް އަދި ދިރާގުގެ 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ދިރާގުގެ ވެބްސައިޓުގައި މިދިޔަ ބުދަ ދުވަހު ވަނީ ޝާއިއުކޮށްފަ އެވެ. އަދި މި ލިންކުން https://bit.ly/3t8KAhS އަހަރީ އާންމު ޖަލްސާއާގުޅޭ މައުލޫމާތު ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ