” އެމްޑީޕީ ހިންގާލަން” ކެމްޕޭން ޓީމުން ތިލަދުން މައްޗައް

ޚަބަރު ފަހުގެ

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއަރޕާސަން ކަމަށް ވާދަކުރައްވާ ފައްޔާޒު އިސްމާއީލް ގެ ކެމްޕޭނު ޓީމުން ތިލަދުންމަތީ ރައްޔިތުންނާ ބައްދަލު ކުރަން ހަމަޖެހިއްޖެއެވެ.

ފައްޔާޒުގެ ޓީމުން މަޢުލޫމާތު ދެއްވާ ގޮތުގައި ތިލަދުންމައްޗަށް ނިސްބަތްވާ އެމްޑީޕީގެ މެމްބަރުން ނާއި ބައްދަލު ކުރުމަށް ހަމަޖެހިފައިވަނީ މި މާޗު މަހުގެ 17 އިން 21 އަށެވެ.

އިޝްތިހާރު
އިޝްތިހާރު

އިކޮނޮމިކް މިނިސްޓަރ ފައްޔާޒުގެ ޓީމުގައި އެމްޑީޕީގެ އަންހެނުންގެ ރޫޙްގެ ރައީސާ ކަމަށް ވާދަ ކުރައްވާ އައްޑޫ މީދޫ ދާއިރާގެ މަޖިލީސް މެމްބަރު ރޮޒެއިނާ އާދަމްއާއި އެމްޑީޕީގެ އިސް ފަރާތްތައް ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި އިންތިހާބުގައި ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ އަނެއް ބޭފުޅަކީ މާފަންނު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު އިމްތިޔާޒް ފަހުމީ އެވެ.

މި އިންތިހާބު މިހާރު ރަމަޟާން މަހުގެ ފަހުން ބާއްވާ ގޮތަށް ފަސްކުރެވިފައި ވާއިރު، އިންތިހާބުގެ ކެމްޕޭން މިހާރު ވަނީ ވަރަށް ފޯރިގަދަ ހިސާބެއްގައިކަން ފާހަގަ ކުރެވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ