މީދޫގައި ކަރަންޓީންގައި ހުރި މީހަކު ނިޔާވެއްޖެ

ޚަބަރު ފަހުގެ

ރ. މީދޫގެ ގެއެއްގައި ކަރަންޓީންގައި ހުރި މީހަކު މިއަދު ނިޔާވެއްޖެއެވެ.

މީދޫ ކައުންސިލްގެ ރައީސް ހުސެއިން އަފީފް ހަވާލާދީ “ވަގުތު” އިން ރިޕޯޓުކޮށްފައިވާ ގޮތުގައި  އެމީހާއަކީ ކެންސަރު ބައްޔަށް ބޭސް ކުރަން އިންޑިއާ އަށް ގޮސް މިދިޔަ ހޮނިހިރު ދުވަހު، ކަރަންޓީން ވެގެން ހުރި އަންހެނެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ނިޔާވެފައި ވަނީ 72 އަހަރުގެ ދިވެހި އަންހެނެކެވެ.

އިޝްތިހާރު
އިޝްތިހާރު

ކަރަންޓީންގައި ހުރި ކަމުގައި ވިޔަސް، މިހާތަނަށް އައިއިރު، ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ފެނިފައެއް ނުވޭ،” ހުސެއިން ވިދާޅުވިއެވެ.

އެމީހާ ނިޔާވެފައި ވަނީ ބޯ އަނބުރާތީ މީދޫ ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ