ބީއެމްއެލްގެ މުވައްޒަފުން މާލެ ސުވިމިން ޓްރެކާއި ހުޅުމާލެ ފޭސް 2 ގެ ބީޗް ސާފުކޮށްފި

ޚަބަރު ފަހުގެ

ބީއެމްއެލް ގެ މުވައްޒަފުން އިސްނަގައިގެން މާލެ ސުވިމިންގ ޓްރެކް އަދި ހުޅުމާލެ ފޭސް 2 ބީޗް ސަރަހައްދު ސާފުކުރުމުގެ ހަރަކާތްތަކެއް މިއަދު ހެނދުނު ބާއްވާފައިއެވެ. މި ހަރަކާތަކީ ބީއެމްއެލް ގެ މުވައްޒަފުން އިސްނަގައިގެން މާރިޗު މަހުގެ 20 ވަނަ ދުވަހު ދުނިޔޭގައި ފާހަގަ ކުރަމުން އަންނަ އިންޓަރނޭޝަނަލް ޑޭ އޮފް ހެޕިނަސްއާ ގުޅުވައިގެން ކުރިޔަށް ގެންދިޔަ ހަރަކާތެކެވެ.

މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 6:00 އިން ފެށިގެން 9:00 އަށެވެ. މިއީ ސުވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް، ޑައިވް ކްލަބް މޯލްޑިވްސް، ޑައިވް ޑެސްކް އަދި ޕާރލޭއާ ގުޅިގެން ހިންގުނު ހަރަކާތެކެވެ.

އިޝްތިހާރު
އިޝްތިހާރު

މި ދެސަރަހައްދުން 755 ކިލޯގެ ކުނި ނަގާފައިވެއެވެ. މީގެ ތެރެއިން 84 ކިލޯގެ ޕްލާސްޓިކް ވަނީ ރީސައިކަލް ކުރުމަށް ފާރލޭއާ ހަވާލުކޮށްފައެވެ.

މި ހަރަކާތުގައި ބީއެމްއެލް ގެ 80 އަށްވުރެ ގިނަ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. މިދިޔަ އަހަރުވެސް އަތޮޅުތެރޭަގައި މަސައްކަތް ކުރާ މުވައްޒަފުންވަނީ މިދުވަހާ ގުޅުވައިގެން ވ. ފެލިދޫ، ލ. ފޮނަދޫ އަދި ހދ. ކުޅުދުއްފުށީގައި ހަރަކާތްތަކެއް ހިންގާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ