ކޮނޑޭގައި ޢިމާރާތްކުރާ ޒަމާނީ މިސްކިތުގެ ޢަމަލީ މަސައްކަތް ފަށައިފި

ޚަބަރު ފަހުގެ

ގއ.ކޮނޑޭގައި ޒަމާނީ ފަރުމާއަކަށް ތަރައްޤީކުރާ މިސްކިތުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

ކޮނޑޭގައި މިއަދު ހެނދުނު  ބޭއްވި ރަސްމިއްޔާތެއްގައި މިމަސައްކަތް ރަސްމީކޮށް ފައްޓަވާދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީއެވެ.

އިޝްތިހާރު
އިޝްތިހާރު

ގއ.ކޮނޑޭގައި ޒަމާނީ ފެންވަރުގެ މިސްކިތެއް ޢިމާރާތްކުރުމަށް އިސްލާމިކް މިނިސްޓްރީގެ ފަރާތުން އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ.

މި މަސައްކަތް އެކުންފުންޏާއި ހަވާލުކުރީ އެއް އަހަރު ދުވަހުގެ ތެރޭ ނިންމާ އިސްލާމިކް މިނިސްޓްރީއާއި ހަވާލުކުރުމަށެވެ.

މި މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެއްކަމަށް މިނިސްޓްރީން ބުނެއެވެ.

މި މިސްކިތް އިމާރާތް ކުރުމަށް ދައުލަތުގެ ބަޖެޓުން ޖުމްލަ 7.6 މިލިއަން ރުފިޔާ ޚަރަދު ކުރުމަށްވަނީ ނިންމާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ