މުދަލު ޒަކާތް ވާޖިބުވާ ނިޞާބު، އިސްލާމިކް މިނިސްޓްރީން އިތުރު ކޮށްފި

ޚަބަރު ފަހުގެ ދީން

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު، އިސްލާމިކް މިނިސްޓްރީން އިތުރު ކޮށްފިއެވެ. 

އެ މިނިސްޓްރީން ބުނީ މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން، މުދަލު ޒަކާތުގެ ނިޞާބަކީ 7241.15 (ހަތްހާސް ދުއިސައްތަ ސާޅީސް އެއް ރުފިޔާ ފަނަރަ ލާރި) ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މީގެ ކުރިން މުދަލު ޒަކާތުގެ ނިޞާބުގެ ގޮތުގައި ހަމަޖައްސާފައި ވަނީ 6961.50(ހަހާސް ނުވަސަތޭކަ ފަސްދޮޅަސް އެއް ރުފިޔާ، ފަންސާސް ލާރި) އެވެ. 

މޯލްޑިވްސް އިންލެންޑް ރެވެނިޔު އޮތޯރިޓީ(މީރާ) މީރާ އިން ވަނީ އެ އޮތޯރިޓީގެ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް މުދަލު ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފައެވެ. 

މުދަލު ޒަކާތް ކުރިން ދައްކަން ޖެހެނީ އިސްލާމިކް މިނިސްޓްރީ އަށެވެ. ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން، މުދަލު ޒަކާތް ބަލައިގަތުން ވަނީ މީރާއަށް ބަދަލު ކޮށްފައެވެ. 

މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިޞާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކޭނެއެވެ. 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ