ރޯދަ މަހު ސްކޫލްތަކުގައި އެންމެ ގިނަވެގެން ކިޔަވައިދެވޭނީ ތިން ގަޑިއިރަށް

ޚަބަރު ފަހުގެ

ރޯދަމުހައި ސްކޫލްތަކުގައި އެންގެ ގިނަވެގެން ކިޔަވައިދޭންވަނީ ތިން ގަޑިއިރަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ރޯދަމަހުގައި ސްކޫލްތަކުގައި ކިޔެމުންގެ ގަޑިތައް ބަޔާންކޮށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައި ވަނީ އެއް ދަންފަޅިއަށް ކިޔަވަދޭ ސްކޫލްތަކުގެ ކިޔެވުން ހެނދުނު 8:30-9:00 އާ ދޭތެރޭގައި ފަށައި އަދި ދެ ދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތައް ވެސް ހެނދުނު 8:30-3:00 އާ ދެމެދު ފެށުމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި އެލްކޭޖީ އަދި ޔޫކޭޖީގެ ދަރިވަރުންނަށް ސްކޫލްގައި އެންމެ ގިނަވެގެން ކިޔަވައިދޭނީ ދޮޅުގަޑިއިރަށް ކަމަށާއި ޕްރައިމަރީ ގްރޭޑްގެ ދަރިވަރުންނަށް ދެ ގަޑިއިރާ 30 މިނެޓު އަދި ސެކަންޑަރީ އާއި ހައި ސްކޫލްގެ ދަރިވަރުންނަށް ރޯދަ މަހު ކިޔަވައިދެވޭނީ ތިން ގަޑިއިރަށް ކަމަށް ސާކިއުލާގައި ބުނެފައި ވެއެވެ.

ސާކިއުލާގައި ބުނެފައިވަނީ ރޯދަ މަހުގައި މާއްދާތައް ނަގައިދޭ ދިގުމިން 30-45 މިނެޓަށް ފެއްތުމަށާއި އަދި ރޯދަ މަހުގެ އެކި މާއްދާތައް ކިޔަވައިދިނުމަށް ލިބޭ ޖުމްލަ ވަގުތަށް ބަލައި، ކްލާސްތަކުގެ ޓައިމްޓޭބަލް އެކުލަވާލާއިރު މަދުވެގެން ދެ ހަފްތާގެ ތެރޭގައި ހުރިހާ މާއްދާއެއް ކިޔަވައިދެވޭނެ ގޮތަށް އިންތިޒާމް ހަމަޖެއްސުމަށެވެ.

މީގެ އިތުރުން ދަންފަޅިތައް ރާވާއިރު ޓީޗަރުންގެ މަސައްކަތުގެ ގަޑި ޖުމްލަ ހަތަރު ގަޑިއިރަށްވުރެ ދިގުނުވާނެ ގޮތް ހެދުމަށާއި ހަވީރު 4:00 އިން ރޭގަނޑު 9:00 އަކާ ދެމެދު ސްކޫލްގެ އެއްވެސް ހަރަކާތެއް ނުރޭވުމަށް ވެސް ސާކިއުލާގައި ވެއެވެ.

އަދި މެންދުރުފަހުގެ ދަންފަޅި ވީހާ ވެސް އަވަހަކަށް ނިންމައި ޓީޗަރުންނާއި ދަރިވަރުން ގެއަށް ދެވޭނެ ގޮތް ހެދުމަށް ވެސް އަންގާފައި ވެއެވެ.

ރޯދަ މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު ކިޔަވައިދޭނީ ރޯދަ މަހުގެ ގަޑިތަކާ އެއްގޮތަށް ކަމަށް ވެސް އެޑިއުކޭޝަންގެ ސާކިއުލާގައި ބުނެފައި ވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ