ބީއެމްއެލްގެ ހިއްސާދަރުންނަށް ރިކޯޑް އަދަދެއް ދިނުމަށް ބޯޑުން ފާސްކޮށްފި

ޚަބަރު ފަހުގެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހިއްސާދަރުންނަށް ރިކޯޑް އަދަދެއް ދިނުމަށް ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފިިއެވެ.

ބީއެމްއެލްއިން މިއަދު ބުނީ މިދިޔަ އަހަރުގެ ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 35 ރުފިޔާގެ މަގުން 188.3 މިލިއަން ރުފިޔާ އަދި އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 13 ރުފިޔާގެ މަގުން ޖުމްލަ 69.9 މިލިއަން ރުފިޔާ ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ބީއެމްއެލްގެބޯޑުން ފާސްކޮށްފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެހެންކަމުން ހިއްސާދާރުންނަށް ހިއްސާއަކަށް 48 ރުފިޔާ ލިބޭނެއެވެ. މިއީ ބީއެމްއެލް އިން ހިއްސާދާރުންނަށް މިހާ ބޮޑު އަދަދެއް ބަހާ ފުރަތަމަ ފަހަރެވެ.

ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދު ބަހާނީ، އަހަރީ އާންމު ޖަލްސާއަށް ހުށަހަޅައި ފާސްކޮށްގެންނެވެ.

އިންޓެރިމް ޑިވިޑެންޑް ދިނުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހާއި ހަމަޔަށް ހިއްސާދާރުންގެ ތެރެއިން ބޭންކުގެ ޝެއަރ ރަޖިސްޓަރގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

ބީއެމްއެލް އިން މިދިޔަ އަހަރު ހިއްސާ އަކަށް ބަހާފައި ވަނީ 15 ރުފިޔާއެވެ. އެއީ 80.7 މިލިއަން ރުފިޔާއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ