ބޮޑު ދެ ގެރި ތަޅަންޏާ ކަށްގަލަށް ބާރުކުރާނެއެވެ. ހަނިމާދޫ ކައުންސިލު ނަމަވެސްއެވެ.

ހަނިމާދޫ ރިޕޯޓް އިޖުތިމާޢީ ފަހުގެ

އާނއެކެވެ. އެއީ ހަމަ ވާނެގޮތެވެ. ގެއެއްގައި މައިންބަފައިންގެ މެދުގައި ކޯޅޭނަމަ ދަރިންނަށް އޭގެ އަސަރު ނުކޮށް ނުދާނެ ކަން އެއީ އެންމެން ގަބޫލުކުރާ ހަގީގަތެކެވެ.

ހަމަ މިބީދައިން ރަށެއްގެ ވެރިން ކޯޅެން ފަށައިފި ނަމަ އޭގެ އަސަރު ސީދާ ގޮތުން އެރަށެއްގެ ރައްޔިތުންނަށް ކުރާނެއެވެ. އެކި ފަރުދުންނަށް އެކިވަރުގެ ގެއްލުން ލިބޭނެއެވެ. އެހެނީ ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރުމަށް ހުސްވާ އެތައް ވަގުތެއް ޒާތީ ތަޢައްޞުބުގެ ތެރެެއަށް ޢަރަގުވެ ގެއްލިދާތީއެވެ. އެކަކު އެނަކަކަށް ޖެއްސުން ކުރުމުގެ ނިޔަތުގައި އެއް ގަލަކަށް ނޭރުމުގެ ސަބަބުން ރައްޔިތުންގެ މަސްލަހަތާ ގުޅުންހުރި ކަންކަން ފަހަތަށް ސޮއްސައިލައިގެން ދާނެތީއެވެ.

އިޝްތިހާރު
އިޝްތިހާރު

ރައްޔިތުންނާ އެންމެ ކައިރިން މިއަދު މަސައްކަތްކުރަން ތިބީ ކައުންސިލަރުންނެވެ. ވަކިން ހާއްސަކޮށް ކައުންސިލުގެ ރައީސާއި ނައިބެވެ. ހަނިމާދޫގައި ވިއަސް މިދެމީހުން ކޯޅެން ފަށައިފިނަމަ އެކަމުގެ ސީދާ އަސަރު ރައްޔިތުންނަށް ކުރާނެއެވެ.

ރަށުގެ ރައްޔިތުން ހޮވާ ވެރިން ރަސްކަލުންނަށް އަމިއްލައަށް ބަދަލުވާން އުޅުނެއްކަމަކު އެކަން މިހާރު ވެވޭކަށް ނެތެވެ. ސަބަބުތައް ވަރަށް ގިނައެވެ. އޭގެތެރެއިން އެއް ސަބަބަކީ އެމީހުން އަމަލު ބަހައްޓާން ޖެހޭ ގަވާއިދާއި ގާނޫނުތައް ވުޖޫދު ކުރެވިފައި ހުރުމެވެ.

އާނއެކޭ ރައްޔިތުން އިންތިހާބު ކުރާ ރަށު ރައީސް ވަކިކުރުމުގެ ބާރުވެސް ރައްޔިތުންނަށް ލިބިގެން ވެއެވެ. އެކަން ކުރެވޭނެ މަގުވެސް ގާނޫނުގައި ބުނެވިފައި އެބައޮތެވެ. ތިމާ މީ ރައީސްއޭ ތިމާއަށް އަމުރު ނުކުރެވޭނެއޭ، ތިމާ ބޭނުން ވާ ކަމެއް، ތިމާއެދޭހެން ގާނޫނު ތަންނުދިނަސް ކުރާނެކަމަށް ބުނެ މޭހަށި ދިއްކޮށް ބޮޑާވަނީ އެހެން މީހުން ގަމާރުންނަށް ހަދަން ހެއްޔެވެ؟

ތިމާކުރާ ގާނޫނާ ގަވާއިދުތަކާ ހިލާފު ކަންތަކަށް ބަޔަކު އެއްޗެއް ނުބެނެ ތިބެނީ އެއީ ތިމާ ދެކެ ބިރުން ކަމަށް ހީކުރުމަކީ ވެސް މޮޔަކަމެކެވެ.

ކިތަންމެ ސިއްރުން ކުރާ ކަންތަކުގެ ވާހަކަވެސް ފަޅާ އަރާފާނެއެވެ. އެވާހަކަ ބަޔަކު ދައްކަވެސް ފާނެއެވެ. އެއީ ހަމަ އެކަނި ވަކި ބަޔަކަށް ވަދެވޭ ގޮތަށް ބާއްވާ ކައުންސިލުގެ އާއްމު ބައްދަލުވުން ފަދަ ބައްދަލުންތައް ނަމަވެސްެއެވެ.

މިފަދަ ބައްދަލުވުންތަކުގައި ގައިވާދާ ޚިލާފަށް މީހަކު ކަމެއް ކޮށްފިނަމަ އެ ބައްދަލުވުމުގައި ތިބި އެހެން ފަރާތްތަކުން މިސާލަކަށް ކައުންސިލު ބައްދަލުވުމެންނަމަ، ކައުންސިލުގެ މެންބަރުން ނުވަތަ ސެކެރެޓޭރިއަޓު އެ ވާހަކަ އާއްމުންނާ ހަމަައަށް ތިލަ ކޮށްދީފާނެއެވެ. އެކަމަކީ އަޑު ރިކޯޑްކުރުމާއި ވީޑިއޯ ރިކޯޑްކުރުން ފަދަ ކަންކަން ނަމަވެސް މެއެވެ. ވަކިން ހާއްސަކޮށް ރަސްމީ ބައްދަލުވުމެއް އަމިއްލަ ފޯނުން ރިކޯޑްކޮށް ވީޑިއޯ ކުރާނަމައެވެ. އަދި މި ކަން ވަކި މީހަކަށް ޓާގެޓްކޮށް ކުރާނަމަ މިކަމުގެ ވާހަކަ ދައްކާލެއް ގިނަވާނެއެވެ.

ދެން އޮތީ ކައުންސިލު ބައްދަލުވުން ފަދަ ތަންތަނުގައި ކުރާ މިފަދަ ކަމެއްގެ ސަބަބުން ބައްދަލުވުމުގެ ބައިވެރިން ހިތްހަމަ ނުޖެހި އަރާރުންވުމެވެ. އެކަކު އެނެއްކަކަށް އިނގިލި ދިމާކުރުމެވެ. މިފަދަ ކަމެއް ހިނގަނީ ކައުންސިލު ފަދަ ތަނެއްގެ ރައީސްއާއި ނައިބު ރައީސްގެ ދެމެދުގަ ނަމަ އެ ބައްދަލުވުމަކުން ނެރެން ބޭނުންވާ ނަތީޖާ ނުކުންނާނެ ހެއްޔެވެ.

ދެ ގެރި ތެޅުމަށްވުރެއް އެކަމަށް ހޭދަވާ ވަގުތު ފައިދާހުރި ކަމަކަށް ހުސްކޮށް ރައްޔިތުންނަށް ހިދުމަތްކުރަން އުޅުން މާ ބުއްދިވެރިވާނެ އެެވެ. ތިމާ ލިބިފައިވާ އިލްމަށްވުރެ އަނެކާ އިލްމުވެރި ވުމުން ކަރުގައި ހިފުމުގެ ބަދަލުގައި ތިމާއަށް ނޭނގޭކަން ގަބޫލުކޮށްގެން އެކުގައި މަސައްކަތް ކުރަން ދަސްކުރުން ބުއްދިވެރި ވާނެއެވެ.

ނޫންނަމަ ނިކަމެތިވާނީ ތިމާގެ މަސްއޫލިއްޔަތު ބޮލުއެޅިފައިވާ ނިކަމެތި ރައްޔިތުންކަން ހަދާންކޮށްލުން މުހިއްމެވެ. ތަރައްގީއަށް ލޯބިކުރާ މީހަކަށްވާތީ ރައްޔިތުންގެ ޒިންމާ މަތިކޮށްފައިވާ އެެއްވެސް ތަނެއްގައި ބޮޑު ދެގެރި ތެޅުމަކަށް ނޭދެމެވެ. ވަކިން ހާއްސަކޮށް ހަނިމާދޫގެ ކައުންސިލުގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ