ތުލުސްދޫގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ

ޚަބަރު ފަހުގެ

ކ. ތުލުސްދޫގައި މޫދަށް އެރި އުޅުނު އިޓަލީގެ ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ތުލުސްދޫ އުތުރު ފަރާތުން މޫދަށް އެރި އުޅެނިކޮށް ފަތުރުވެރިއަކު ގެނބިގެން އުޅޭ ކަމުގެ ރިޕޯޓު މިއަދު ހެނދުނު 10:48ހާއިރު ލިބިފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މި ހާދިސާގައި ގެނބިގެން ނަގާފައި ވަނީ އުމުރުން 72އަހަރުގެ އިޓަލީ ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އެނާ މަރުވެފައި ވަނީ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށް ކަމަވެސް ފުލުހުން ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ