ރިޒް ކާލްޓަން މޯލްޑިވްސްގެ ރިސޯޓް މުވައްޒަފުން އުފަލުން ފޮޅިފައި

ޚަބަރު ފަހުގެ

ރިޒް ކާލްޓަން މޯލްޑިވްސްގެ ރިސޯޓް މުވައްޒަފުން އުފަލުން ފޮޅިއްޖެއެވެ.

އާއެކެވެ. އެހެން ނުވާންވީ ކީއްވެ ހެއްޔެވެ. ރިސޯޓް ވޯކާސްގެ ތަފާސް ހިސާބުތަކަށްބަލާށެވެ. އޭރުން އެކަން ސާފުވާނެއެވެ. އެހިސާބަށް ނަޒަރު ހިންގާލަމާ ހިނގާށެވެ.

އިޝްތިހާރު
އިޝްތިހާރު

ރިސޯޓް ވޯކާސްގެ ތަފާސް ހިސާބުތަށް ބަލާއިރު ހިސާބުތަކުން ދައްކާ ގޮތުގައި މި މަހު އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައިވަނީ ރިޒް ކާލްޓަން ބްރޭންޑުން ރާއްޖޭގައި ހިންގާ ފަރި އައިލެންޑުގައި ހިމެނޭ ތަންތަނުންނެވެ. އެ ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި 2،239 ޑޮލަރު މި މަހު ވަނީ ދީފައެވެ.

ދެވަނައަށް މިއުފާ ލިބިފައިވަނީ އިތާފުށި މޯލްޑިވްސް އިންނެވެ. އެ ރިސޯޓުން މި މަހު ސާވިސް ޗާޖުގެ ގޮތުގައި ދީފައިވަނީ 2087 ޑޮލަރެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް 359،272 ފަތުރުވެރިން ރާއްޖެ އައިސްފައެވެ. އެވްރެޖް ގޮތެއްގައި ދުވާހަކު އަންނަ ފަތުރުވެރިންގެ އަދަދު އުޅެނީ 4790 ގައެވެ.

މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ރާއްޖެ އައިސްފައިވަނީ ރަޝިޔާ ފަތުރުވެރިންނެވެ. އެ ގައުމުން އައި ފަތުރުވެރިންގެ އަދަދު އުޅެނީ 49،364 ގަ އެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން މި އަހަރު ރާއްޖެ އައިސްފައިވަނީ އިނގެރޭސި ވިލާތުން ނެވެ. އަދި ތިންވަނައިގައި އުޅެނީ އިންޑިއާއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ