އާރަށު މައްސަލަ: ޔާމީންގެ ފަރާތުން ދިފާއުގައި 18 ހެއްކެއް

ޚަބަރު ފަހުގެ

ވ. އާރަށު މައްސަލާގައި ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ޔާމީންގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާތަކުގެ ދިފާއުގައި 18 ހެއްކެއް ހުށަހަޅައިފިއެވެ.

އެ މައްސަލާގައި ޔާމީންގެ މައްޗަށް ދައުވާ ކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 24ވަނަ ދުވަހުއެވެ.

އިޝްތިހާރު
އިޝްތިހާރު

ޕީޖީ އޮފީހުން ބުނީ ކުރީގެ ރައީސް ޔާމީނާއި ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމް، ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްގީ ކުރުމަށްޓަކައި ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަގައި ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.

އެ މައްސަލާގައި މިމަހުގެ 14ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ޔާމީންގެ ފަރާތުން ވަނީ ދިފާއުގައި ހެކި ހުށަހެޅުމަށް އިތުރު ފުރުސަތަކަށް އެދިފައެވެ. އެހެންކަމުން މައްސަލަ ބައްލަވާ އިސްގާޒީ އަހުމަދު ޝަކީލް ވަނީ ފަސް ދުވަހުގެ މުއްދަތެއް ދެއްވާފައެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި ޔާމީންގެ ފަރާތުން ހުށަހެޅި ހެކިންގެ ތެރޭގައި 11 ޝަފަހީ ހެއްކެއް ހުށަހަޅާފައިވެއެވެ. އަދި ހަތް މީހަކު ވެސް ދިފާއުގައި ޔާމީންގެ ފަރާތުން ހުށަހަޅާފައިވެއެވެ. އެހެންނަމަވެސް އެ ހެކިތަކުގެ ތަފްސީލަކަށް މިއަދުގެ އަޑުއެހުމުގައި ނުދެއެވެ.

އެ މައްސަލާގައި ދެން ހިމެނޭ ޔޫސުފް ނައީމުގެ ފަރާތުން ދިފާއުގައި ތިން މީހަކާއި 10 ލިޔުމެއް ހެކިންގެ ގޮތުގައި ހުށަހަޅާފައިވެއެވެ. މިހާރު އެ މައްސަލަ އޮތީ މަދަނީ މިންގަނޑުން ހެކިތަކަށް ބަލާއިރު ކުރިއަށް ގެންދެވޭނެ ކަމާ މެދު ގޮތެއް ނިންމުމުގެ މަރުހަލާގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ