ބާރަށު ނެރާއި ބަނދަރު ސަރަޙައްދު ފުންކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ޚަބަރު ފަހުގެ

ހއ. ބާރަށު ނެރު އަދި ބަނދަރު ސަރަޙައްދު ފުންކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

އެ މަސައްކަތް ފެށުން ފާހަގަކުރުމަށް މިއަދު ވަނީ ހާއްސަ ރަސްމިއްޔަތެއް ބާއްވާފައެވެ. އެ ރަސްމިއްޔާތުގައި ބާރަށު ދާއިރާގެ މަޖިލިސް މެމްބަރު އަހްމަދު އަބްދުالله އާއި ބާރަށު ކައުންސިލްގެ ރައީސް ސޮފުވަތު މުހައްމަދާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އިޝްތިހާރު
އިޝްތިހާރު

އެމްޓީސީސީން ދިން މައުލޫމާތަށް ބަލާއިރު، މި މަޝްރޫއުގެ ދަށުންް، 28،101 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއަކީ 12.17 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަަމަށް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

ވޭތުވެދިޔަ 3 އަހަރުތެރޭ އެމްޓީސީސީން ވަނީ ބަނދަރު ހެދުމާއި، ބިން ހިއްކުމާއި އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގިނަ މަޝްރޫއުތަކެއް ނިންމާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ