ރާއްޖެއަށް ހަނދު ފެނިއްޖެ، ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ

ޚަބަރު ފަހުގެ

ރާއްޖެއަށް ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ (2 އޭޕްރިލް 2022) ކަމުގައި ކަނޑައަޅައިފިއެވެ.

ރާއްޖެއަށް ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަމުގައި ކަނޑައަޅައި މިކަން އިއުލާނުކޮށްފައި ވަނީ، 1443 ވަނަ އަހަރުގެ ރަމަޟާންމަހުގެ ހަނދު ސާބިތު ކުރުމުގެ ރަސްމިއްޔާތުގައެވެ.

އިޝްތިހާރު
އިޝްތިހާރު

ހަނދު ބެލުމުގެ ރަސްމިއްޔާތުގައި އެކަން އިއުލާނުކުރެއްވިއިރު، ރާއްޖެއަށް މިރޭގެ ވަގުތެއްގައި ވަނީ ހަނދު ފެނިފައެވެ. ހަނދު ފެނިފައި ވަނީ އައްޑޫ ސިޓީއަށެވެ.

އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒާހިރު އަލީ ވިދާޅުވީ، މިއަދު އިރުއޮއްސުނު ފަހުން ރާއްޖޭގެ ބައެއް ރަށްރަށާއި ބައެއް އިސްލާމީ ގައުުމުތަކަށް ރަމަޟާން މަހުގެ ހަނދު ފެނުނުކަން ޝަރުއީ ހަމަތަކުން ސާބިތުވެފައިވާ ކަމަށެވެ.

“އަދި ރަަމަޟާން މަހާއި ޝައުބާން މަހުގެ ހަނދު ސާބިތު ކުރުމަށް ރާއްޖޭގައި އަމަލު ކުރުމަށް ހަމަޖެހިފައިވާ އުސޫލުގައިވާގޮތުގެ މަތިން މާދަމާއަކީ 1443 ވަނަ އަހަރުގެ ރަމަޟާން މަހުގެ އެެއް ވަނަ ދުވަސް ކަމުގައި ކަނޑައަޅައިފީމެވެ”. ޑރ. ޒާހިރު ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ