ރޯދަ ފޮޓޯ ހިއްސާ ކޮށްގެން ބީއެމްއެލްގެ ފައިސާގެ އިނާމު ހޯދުމުގެ ފުރުސަތު

ޚަބަރު ފަހުގެ

ރަމަޟާން މަހާއި ގުޅުވައިގެން އެމަހުގެ ދުވަސްތައް ހޭދަ ކުރަމުން އަންނަ ގޮތްތައް ދައްކުވައިދޭ ފޮޓޯ ހިއްސާ ކޮށްގެން އިނާމު ލިބޭ ޗެލެންޖެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފަށައިފިއެވެ.

ބީއެމްއެލް އިން ބުނީ، މި ޗެލެންޖް އަކީ މިމަހުގެ ތިން ވަނަ ދުވަހުން 30 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދާ ޗެލެންޖެއް ކަމަށާއި ޗެލެންޖްގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެންމެ ހިތް ގައިމު ދެ ފޮޓޯއެއް ހޮވައި ނަސީބުވެރި ދެ މީހަކަށް ހަފްތާއަކު 1500 ރުފިޔާ ލިބޭނެ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މި ޗެލެންޖްގައި ރޯދައަށް ތައްޔާރު ކުރާ ކާނާއާއި ރޯދަ މަހުގެ ދުވަސްތަކުގައި އާއިލާ، ރަހުމަތްތެރިންނާއި އެކީ ވަގުތު ހޭދަކުރާ ގޮތް ދައްކުވައިދޭ ފޮޓޯތައް ހިއްސާ ކުރެވޭނެއެވެ. މި ފޮޓޯތައް ހިއްސާ ކުރަން ޖެހެނީ ހޭޝްޓެގް roadhawithamex# ޖަހައި ބީއެމްއެލް ޓެގް ކޮށްގެންނެވެ.

މި ޗެލެންޖް ފޭސްބުކުގެ އިތުރުން އިންސްޓަގްރާމާއި ޓުވިޓާގައި ވެސް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ