“ގްރީން ސްމާޓް އައިލެންޑް ޕްރޮޖެކްޓް” އިފްތިތާޙްކޮށްފި

ޚަބަރު ފަހުގެ

ގްރީން ސްމާޓް އައިލެންޑް”ގެ ނަމުގައި ސަރުކާރުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢު ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާފައެވެ. މި މަޝްރޫޢު އިފްތިތާޙްކޮށްދެއްވާފައިވަނީ ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމުގެގޮތުން ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގައި ރޭ ބޭއްވި ޖަލްސާގައެވެ.

މި މަޝްރޫޢު އެންމެ ފުރަތަމަ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ 4 ރަށް ކަމަށްވާ ހދ.ކުރިނބީ ނ.ކުޑަފަރި، ވ.ކެޔޮދޫ އަދި ވ.ފެލިދޫ ކައުންސިލްގެ ފަރާތުން މިރޭ ވަނީ މި މަޝްރޫޢުގެ ކޮމިޓްމެންޓް އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

މި މަޝްރޫޢަކީ ހަކަތައާއި ދަތުރުފަތުރާއި، މޮބިލިޓީއާއި ވޭސްޓް ވޯޓަރ އެންޑް ސެނިޓޭޝަން ފަދަ އިންފްރާސްޓްރަކްޗަރތަކާއި ޤުދުރަތީ ވަޞީލަތްތައް އިންޓަރގްރޭޓެޑް މެނޭޖްމަންޓެއްގެ ޒަރިއްޔާއިން އިންސާނުންގެ ޞިއްޙަތާއި ތިމާވެށި ރައްކާތެރިކުރުމަށާއި، އީޖާދީ އަދި އިޖްތިމާޢީގޮތުން ޝާމިލުވާ ގަވަރނަންސް އަދި ފައިނޭންސިންގ ސްކީމްތައް ބޭނުންކުރުމަށް ބާރުއެޅުމުގެ ގޮތުން ތަރައްޤީކޮށްފައިވާ މަޝްރޫޢެކެވެ.

މިއީ ހެލްތު މިނިސްޓްރީއާއި އެންވަޔަރަމަންޓް މިނިސްޓްރީ އަދި އެޗް.ޕީ.އޭ ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ރޭގެ ޖަލްސާގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ، އާމިނަތު ޝައުނާ ވަނީ ކްލައިމެޓް ސްމާޓް ހޮސްޕިޓަލް ޕޮލިސީ ސްޓްރެޓަޖީ އިފްތިތާޙުކޮށްދެއްވާފައެވެ. އަދި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު ޢަލީ ވަނީ އިންޓަރ ސްކޫލް އާޓް އަދި ކުރުވާހަކަ ލިޔުމުގެ މުބާރާތް އިފްތިތާޙުކޮށްދެއްވާފައެވެ.

‎ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށްޓަކައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ