ޖަރާސީމުން ތަޣައްޔަރުވެފައިވާ ވޭސްޓެޖަންގެ ހާބަލް މިކްސް ވިއްކުން މަނާކޮށްފި

ޚަބަރު ފަހުގެ

ސެލްމޮނެއްލާ ޖަރާސީމުން ތަޣައްޔަރުވެފައިވާ ބައެއް އުފެއްދުންތައް ރާއްޖޭގައި ވިއްކައި، ބޭނުންކުރަމުންދާތީ އެކަމަށް ސަމާލުވާން އެދިއްޖެއެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ތަޣައްޔަރުވެފައިވާ ހާބްސް ރާއްޖެއަށް އެތެރެވެފައިވާކަން ޔޫރަޕިއަން ޔޫނިއަންގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑުން އެ އޮތޯރިޓީއަށް އަންގާފައިވާކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މީގެއިތުރުން އެ އޮތޯރިޓީން ބުނީ އެ އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސް ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

‘ވޭސްޓެޖަން ސްޕައިސަސް އެންޑް ސޯސަސް ބީވީ’ ބްރޭންޑްގެ ހާބަލް މިކްސް އަކީ ނެދަލޭންޑްގެ އުފެއްދުމެކެވެ. އަދި މި އުފެއްދުން ހޯލްސޭލްކުރަނީ ‘އެންއެލް ފޫޑް ބީވީ’ ކިޔާ އެ ގައުމުގެ ކުންފުންޏަކުންނެވެ.

  • ވޭރސްޓެޖަން ސްޕްރެޑާ ލެމަންގްރާސް – 25 ގްރާމް (ބާކޯޑް ނަންބަރު : 8712200951168)
  • ވޭރސްޓެޖަން މިކްސް ބާމި/ނާސި – 30 ގްރާމް (ބާކޯޑް ނަންބަރު :8712200982148)
  • ވޭރސްޓެޖަން މިކްސް ސަޓާއީ – 30 ގްރާމް (ބާކޯޑް ނަންބަރު : 8712200982261)

އެމްއެފްޑީއޭ އިން ދޭތެރެ ދޭތެރެއިން މިފަދަ އުފެއްދުންތަކުގެ މައުލޫމާތު އާއްމު ކުރެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ