ކޮމިއުނިޓީ ފަންޑުގެ ދަށުން ފެލިދޫ އާއި ހެނބަދޫގައި ހިންގި ޕްރޮޖެކްޓްތައް ނިންމާލައިފި

ޚަބަރު ފަހުގެ

ވ. ފެލިދޫ އަދި ނ. ހެނބަދޫގައި ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ ‘ބީއެމްއެލް ކޮމިއުނިޓީ ފަންޑު’ ގެ ދަށުން ކުރިޔަށްދިޔަ ދެ ޕްރޮޖެކްޓް ނިންމާލައިފިއެވެ

ބީއެމްއެލްއިން ބުނެފައިވަނީ މި ފަންޑުގެ ދަށުން ފެލިދޫ ޒުވާން އެކުވެރިންގެ ދިރުން ޖަމިއްޔާއިން، ވ. ފެލިދޫގައި ކޮމިއުނިޓީ ޕިކްނިކް ސަރަހައްދެއް ތަރައްގީކޮށްފައިވާ ކަމަށެވެ. މި ސަރަހައްދު ތަރައްގީކޮށްފައިވަނީ ރަށުގެ ރައްޔިތުންގެ އިތުރުން ރަށަށް ޒިޔާރަތް ކުރާ ޓުއަރިސްޓުންނާއި ކައިރި ރަށްރަށުން މި ރަށަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ވެސް ބޭނުންކުރެވޭނެ ގޮތަށް ކަމަށާއި، މި ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ފަސޭހަވާނެހެން މި ސަރަހައްދު ހަދާފައިވާކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ކޮމިއުނިޓީ ފަންޑުގެ ދަށުން ނ. ހެނބަދޫގައި ވެސް ބާބަކިއު ސަރަހައްދެއް ގާއިމްކޮށްފައިވާއިރު، މި ސަރަހައްދު ގައި ބާބަކިއު ސްޓޭންޑް، ޖޯލި ފަތި، ހޮޅުއަށި ބަހައްޓައި ކުޑަ ލައިބްރަރީ އަކާއި މަސްކެނޑުމަށް ބޭނުންކުރާނެ އަށްޓެއް ހަދައި ތަކެތި ރައްކާކުރުމަށް ސްޓޯރެއްވެސް ގާއިމްކޮށްފައިވާ ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.

ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 65 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ފޯރުކޮށްދެވިފައިވާ ކަމަށް ވެސް ބީއެމްއެލްއިން ބުނެފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ