ނިލަންދޫން ދެ މީހަކު ޕޮޒިޓިވްވެ، އެރަށަށް އަރައި ފޭބުން މަނާކޮށްފި

ޚަބަރު ފަހުގެ


ފ. ނިލަންދޫ އިން 2 މީހަކު ކޮވިޑް19 އަށް ފައްސިވެއްޖެއެވެ.

އޮންލައިން ނޫހެއް ކަމަށްވާ ‘ވަގުތު’ ގައި ބުނެފައިވާ ގޮތުގައި ފައްސިވެފައިވަނީ އެރަށުގައި ހޯމް ކަރަންޓީނުގައި ތިބި ދެ މީހުންނެވެ. މި  ދެމީހުން ފައްސިވެފައިވާ ކަން އެޗްއީއޯސީން ވަނީ “ވަގުތު”އަށް ކަށަވަރުކޮށްދެއްވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

އެރަށުން ފައްސިވެފައިވަނީ އަންހެނަކާއި ފިރިހެނެކެވެ. އަދި މި ދެމީހުން ފައްސިވެފައިވާ ކަން އެނގިފައިވަނީ ކަރަންޓީނުގެ މުއްދަތު ހަމަވުމުން ހެދި ކޮވިޑު ޓެސްޓުންނެވެ.

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުތަކަށް އެޅި ފިޔަވަޅުތަކަށް ދިން ލުއިތަކާއެކު، މި ބަލި ޖެހޭ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.

އަދި ރަށް ރަށަށް ހޯމް ކަރަންޓީނަށް ދާ މީހުން ފައްސިވާ މިންވަރު ވެސް އަންނަނީ އިތުރުވަމުންނެވެ.

އެގޮތުން މާލޭގެ އިތުރުން 13 ރަށެއްގައި ކޮވިޑް19 ގެ އެކްޓިވް ކޭސްތައް އެބަހުރި ކަމަށް އެޗްޕީއޭ އިން ހާމަކޮށްފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ