އާސަންދައިގައި ވައްކަން އެބައޮތް، ވައްކަމަކަށް އަޅުގަނޑު ތާއީދު ނުކުރާނަން: ނަސީމް

ޚަބަރު ފަހުގެ

އާސަންދަ ނިޒާމުން ވައްކަން ކުރާ ކަމަށް ލަފާ ކުރެވޭ ކަމަށާއި އެކަންތައް ހިނގާ މިންވަރު ބަލައި ދެނެގަންނަން ޖެހޭ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް ހާޒިރު ކުރީ މަޖިލިހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ކުރެއްވި ސުވާލަކާ ގުޅިގެންނެވެ. ރިޔާޒް ބޭނުންވީ ތ. ތިމަރަފުށި ހެލްތު ސެންޓަރު އަޕްގްރޭޑް ކުރުމަށް ޕީއެސްއައިޕީގައި ހިމަނާފައިވާ 1.5 މިލިއަން ރުފިޔާ ހަރަދު ކުރައްވަނީ ކޮން ކަމަކަށްތޯ އޮޅުން ފިލުއްވުމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެ ސުވާލަށް މިނިސްޓަރު ޖަވާބު ދެއްވަމުން ކާށިދޫ ދާއިރާގެ މެމްބަރު އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު އަބްދުﷲ ޖާބިރު ވަނީ އާސަންދަ އިން ވައްކަން ކުރަމުންދާ ތަން ފެންނަމުންދާ ކަމަށާއި އެކަމާ ގުޅޭ ގޮތުން ހެލްތު މިނިސްޓްރީން އެޅީ ކޮން ފިޔަވަޅެއްތޯ ސުވާލު ކުރައްވައިފައެވެ.

ހެލްތު މިނިސްޓަރު ނަސީމް ވިދާޅުވީ އާސަންދަ އަށް މިހާރު އަހަރަކު 1.2 ބިލިއަން ރުފިޔާ ހަރަދު ކުރަން ޖެހޭ ކަމަށެވެ. އަދި އެ ނިޒާމުގައި ގިނަ މައްސަލަތަކެއް ހުރި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޖާބިރު ވިދާޅުވި ފަދަ ކަންކަން ވެސް ހިނގާ ކަމަށް ލަފާ ކުރެއްވޭ ކަމަށް ވެސް ނަސީމް ވިދާޅުވިއެވެ.

އާސަންދައިގައި އިސްލާހު ކުރަން ޖެހޭ ކަންކަން ހުރި ކަމަށް ނަސީމް އެއްބަސްވެވަޑައިގެންނެވިއެވެ.

“އާސަންދަ ތަރުތީބު ކުރެވިފައި ހުންނަ ގޮތުން ވާގޮތަކީ އިސްލާހުކުރަން ޖެހޭ ކަންކަން އެބަހުރި. އެކަންތައް އަޅުގަނޑުމެން ކުރަމުން ގެންދާން. ޔަގީން ކުރައްވާ ވައްކަމަކަށް އަޅުގަނޑު ތާއިދު ނުކުރައްވާނެ ކަމަށް” މެމްބަރު ޖާބިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ