ހަނިމާދޫ މަގުތަކުގައި މަގުބައްތި ޖެހުމަށް ބޭނުންވާ ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަނީ!

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ މަގުތަކުގައި މަގުބައްތި ޖެހުމަށް ބޭނުންވާ ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުވެއްޖެއެވެ.

13 އޭޕްރިލް 2022 ވަނަ ދުވަހު ގެޒެޓްކޮށްފައިވާ އިޢުލާންގައި ބަޔާން ކޮށްފައިވާ ގޮތުން މިކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން 24 އޭޕްރިލް 2022 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 އަށް ހަނިމާދޫ ކައުންސިލް އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުން އެދިފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި އަންދާސީ ހިސާބު ހުށަހެޅުމާއި އަންދާސީ ހިސާބު ހުޅުވުން އޮންނާނީ 27 އޭޕްރިލް 2022 ވާ ބުދަ ދުވަހުގެ ހެނދުނު 10:30 ގައި ހަނިމާދޫ ކައުންސިލް އިދާރާގެ ކޮންފަރެންސް ރޫމްގައި ކަމަވެސް އިއުލާނުގައި ބަޔާކޮށްފައިވެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެ ކަމަށްވެސް އެ އިއުލާންގައި ބަޔާން ކޮށްފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ