ރައީސްގެ ދެކަނބަލުން، ސިންގަޕޫރަށް ފުރާވަޑައިގެންފި

ޚަބަރު ފަހުގެ

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިރޭ ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިރޭ ސިންގަޕޫރަށް ފުރާވަޑައިގެންފައިވާ ކަމަށާއި، އެ މަނިކުފާނު ސިންގަޕޫރަށް ކުރައްވާ މި ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މި ދަތުރުފުޅުގައި އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގަންނަވާކަމަށް ވެސް ރައީސް އޮފީހުން މަޢުލޫމާތު ދެއްވި އެވެ.

ސިއްހީ ފަރުވާއަކަށް މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅުވެސް ރައީސް ސިންގަޕޫރަށް ވަޑައިގެންނެވި އެވެ.

މި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ވަކި ތާރީޙެއް ރައީސް އޮފީހުން ވިދާޅެއް ނުވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ