ނިލަންދޫ މޮނިޓަރިން ހާލަތު އުވާލައިފި

ޚަބަރު ފަހުގެ

ކޮވިޑް-19 އަށް ބަޔަކު ފައްސިވެގެން ކަރަންޓީން ކުރި ފ. ނިލަންދޫގެ މޮނިޓަރިންގެ ހާލަތު އުވާލައިފިއެވެ.

ނިލަންދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އިއްޔެގެ ހަވީރުގެ ވަގުތެއްގައެވެ.

އިޝްތިހާރު
އިޝްތިހާރު

ނިލަންދޫ މޮނިޓަރިންގެ ހާލަތުން އުވާލާފައިވަނީ އެ ރަށުން ފައްސިވި ހަތަރު މީހުންގެ ކޮންޓެކްޓް ޓްރޭސިން ހެދުމަށް ފަހުގައެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިލަންދޫ ކައުންސިލް އިދާރާއަށް ފޮނުވާފައިވާ ލިއުމުގައި ވަނީ މޮނިޓަރިންގެ ހާލަތު އުވާލެވިފައިވަނީ، ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން، މޮނިޓަރިންގެ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް ނެތުމުން ކަމަށެވެ.

އެޗްޕީއޭ އިން ވިދާޅުވި ގޮތުގައި ކޮވިޑް-19 އަށް ނިލަންދޫ އިން ފައްސިވެފައިވަނީ ހަތަރު ދިވެހިންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ