ރިސޯޓު ތަރައްޤީކުރުމަށް ހުޅުވާލި 18 ރަށުގެ ތެރެއިން 7 ރަށެއް ހަވާލުކޮށްފި

ޚަބަރު ފަހުގެ

ރިސޯޓު ތަރައްޤީކުރުމަށް ހުޅުވާލި 18 ރަށުގެ ތެރެއިން 7 ރަށެއް ހަވާލުކޮށްފި އެވެ.

 ރަށަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާފައިވަނީ ދުބާއީ އެކްސްޕޯގެ ތެރެއިން ރާއްޖެއިން ބޭއްވި އިންވެސްޓްމެންޓް ފޯރަމްގައެވެ.

އިޝްތިހާރު
އިޝްތިހާރު

ބީލަމުގެ މުއްދަތު ހަމަވިއިރު ނުވަ ރަށަކަށް 18 ފަރާތަކުން ބިޑު ހުށަހަޅާފައިވާއިރު، އެ ބީލަންތައް އިވެލުއޭޓްކުރުމަށްފަހު އިއްޔެ ވަނީ އެ ތަންތަން ހަވާލުކޮށްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ ބީލަން އެވޯޑުކުރެވިފައިވާ ފަރާތްތަކުން ލީސް އެކުއިޒިޝަން ކޮސްޓާއި ޓޫރިޒަމް ޓްރެއިނިންގ ފަންޑަށް ހުށަހަޅާފައިވާ އަދަދުގެ %50 ދެއްކުމުގެ އިތުރުން އިނީޝަލް އެންވަޔަރަމެންޓު އެސެސްމެންޓެއް ހެދުމަށް 60 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

އެވޯޑުކުރެވުނު ރަށްތަކުގެ ތެރޭގައި ހިމެނެނީ:

  • ހއ. އަލިދުއްފަރުފިނޮޅު، އެކުއިޒިޝަން ކޯސްޓު:390،000 ޑޮލަރު، ޓްރެއިނިން ފަންޑު:7،000 ޑޮލަރު
  • މ. ސީދިހުރާ، އެކުއިޒިޝަން ކޯސްޓު:1،599،999 ޑޮލަރު، ޓްރެއިނިން ފަންޑު:120،000 ޑޮލަރު
  • ފ. އެނބުލުފުށި، އެކުއިޒިޝަން ކޯސްޓު:3،601،155 ޑޮލަރު، ޓްރެއިނިން ފަންޑު:150،000 ޑޮލަރު
  • ފ. ޖިންނަތުގައު، އެކުއިޒިޝަން ކޯސްޓު:2،021،121 ޑޮލަރު، ޓްރެއިނިން ފަންޑު:200،121 ޑޮލަރު
  • ގއ. ފުނަދޫވިލިގިއްލާ، އެކުއިޒިޝަން ކޯސްޓު:702،000 ޑޮލަރު، ޓްރެއިނިން ފަންޑު:5،000 ޑޮލަރު
  • ގދ. ކަނޑަހަލަކަލަ، އެކުއިޒިޝަން ކޯސްޓު:2،800،000 ޑޮލަރު، ޓްރެއިނިން ފަންޑު:150،000 ޑޮލަރު
  • ގއ. ފެރޭތަވިލިގިއްލާ، އެކުއިޒިޝަން ކޯސްޓު:702،000 ޑޮލަރު، ޓްރެއިނިން ފަންޑު:5،000 ޑޮލަރު
އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ