ޙައްޖަށް މީހުން ގެންދިޔުމަށް ރާއްޖެއަށް 453 ކޯޓާ

ޚަބަރު ފަހުގެ

ރާއްޖެ އަށް މި އަހަރު ހައްޖު ކޯޓާގެ ގޮތުގައި ދޭން ނިންމާފައީ 453 ޖާގަ ކަމަށް ސައުދީ އަރަބިއްޔާ އިން ބުނެފި އެވެ.

މި އަހަރު ރާއްޖެ އަށް ލިބޭ ހައްޖު ކޯޓާގެ އަދަދު ރަސްމީކޮށް ސައުދީން ދިވެހި ސަރުކާރަށް އަދި އަންގާފައި ނުވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ކޯވިޑްގެ ކުރިން ސައުދީން އާންމުކޮށް ރާއްޖެ އަށް ދެމުން އައީ އަހަރަކު 1000 ކޯޓާ އެވެ. އަދި ބައެއް ފަހަރު އެ އަދަދަށް ވުރެ އިތުރަށް ވެސް ކޯޓާ ދީފައިވެ އެވެ.

ޤައުމުތަކުން މީހުން ޙައްޖަށް ގެންދިޔުމަށްޓަކައި ސަޢޫދީން އެކުލަވާލާފައިވާ ކޯޓާ ލިސްޓްގައި ވާގޮތުން 85 އިންސައްތަ މީހުންނަކީ އެހެނިހެން ޤައުމުތަކުން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްޓަކައި އެ ޤައުމަށް އެތެރެވާ މީހުންނެވެ. މިގޮތުން މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި އެއްމިލިޔަން މީނުންނަށް ފުރުޞަތު ދީފައިވާއިރު އޭގެ ތެރެއިން 850،000 މީހުންނަކީ އެހެނިހެން ޤައުމުތަކުގެ މީޙުންނެވެ. އަދި ސަޢުދީގެ ރައްޔިތުންނަށާއި އެޤައުމުގައި ދިރިއުޅޭ މީހުންގެ ތެރެއިން 150،000 މީހުންނަށް ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ވަނީ ދީފައެވެ.

ސަޢުދީން އާއްމުކޮށްފައިވާ ލިސްޓަށް ބަލާއިރު މިއަހަރު ގޮތުން ރާއްޖޭގެ ހައްޖު ކޯޓާ އަކީ 453 އެވެ. އަދި އެންމެ ގިނައިން ކޯޓާ ދޫކޮށްފައިވަނީ އިންޑޮނޭޝިއާއަށެވެ. އެ ގޮތުން އެޤައުމަށް 100051 (އެއްލައްކަ ފަންސާސް އެކެއް) ކޯޓާ ވަނީ ދީފައެވެ. ޕާކިސްތާނަށް 81،132 ކޯޓާ ދީފައިވެއެވެ. އިންޑިއާއަށް 79،237 ކޯޓާ ދީފައިވާއިރު ބަންގްލަދޭޝްއަށް ލިބިފައިވަނީ 57،585 ކޯޓާއެވެ. އަދި ދެން އެންމެ ގިނައިން ކޯޓާ ލިބިފައިވާ ނައިޖީރިއާއަށް ދީފައިވަނީ 43،008 ކޯޓާއެވެ.

މި އަހަރުގެ ހައްޖަށް ދެވެނީ ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ 65 އަހަރުން ދަށުގެ މީހުންނަށް އެކަންޏެވެ. އަދި ބޭރު ގައުމުތަކުން ހައްޖަށް ދާ މީހުން ނެގެޓިވް ޕީސީއާރު ޓެސްޓެއް ވެސް ހުށަހަޅަން ޖެހެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ