ދިޔަމިނގިލީ މުދިމުގަޔަށް ވަޅިހެރި މައްސަލާގައި ދައުވާ ކުރަން ފޮނުވައިފި

ޚަބަރު ފަހުގެ

ތ. ދިޔަމިނގިލީ ތިންކޮޅުފުށި ސަރަހައްދުގައި އެރަށު މުދިމަށް ވަޅިން ހަމަލާދީގެން ހައްޔަރުކުރި އޭނާގެ ގާތް ރަހުމަތްތެރިޔާ، އެރަށު ހަސަން ސާމިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހުން މިއަދު ޕްރޮސެކިއުޓަރް ޖެނެރަލް(ޕީޖީ)ގެ އޮފީހަށް ފޮނުވައިފިއެވެ.

ދިޔަމިނގިލީ މަސްޖިދުލް އަމާނާތުގެ ވަގުތީ މުދިމަށް ހަމަލާދިނީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ. އޭނާގެ ހަށިގަނޑުގެ ހަތަރު ތަނަކަށް 13 ފަހަރު ވަޅިހަރާފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

މުދިމަށް ހަމަލާދިންތާ މާގިނަ އިރެއްނުވެ ހަމަ އެދުވަހު ހަމަލާދިން ސާމިދު ހައްޔަރުކުރިއެވެ.

މި މައްސަލައާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ