ޗެމްޕިއަންސް ލީގު:ލިއޮން ސެމީއަށް

ކުޅިވަރު ފަހުގެ

ރޭ ޔޫއެފްއާ ޗެމްޕިއަންސް ލީގު ކުއާޓާގައި މެންޗެސްޓާ ސިޓީ އާއި ފުރާންސްގެ ލިއޮން ބައްދަލު ކުރިމެޗު 3-1 ގެ ނަތީޖާ އަކުން ލިއޮން އިން ކާމިޔާބުކޮށް ޗެމްޕިއަންސް ލީގު ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ފުރަތަމަ ލަނޑު މެޗުގެ 24 ވަނަ މިނަޓް ގައި ލިއޮން އިން ވަނީ ކާމިޔާބުކޮށްފައެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ މެކްސްވެލް ކޯނެޓް އެވެ. ފުރަތަމަ ހާފް ނިމިގެން ދިޔައީ 1-0 ގެ ނަތީޖާ އަކުން ލިއޮން ކުރީގައި އޮވެގެންނެެވެ.

އިޝްތިހާރު
އިޝްތިހާރު

ދެވަނަ ހާފުގައި ސިޓީން ކުޅެންނުކުމެ ވަނީ މުޅި މެޗުގެ ކޮންޓްރޯލް އަތުލާފައެވެ. އެ ޓީމުންވަނީ މެޗުގެ 69 ވަނަ މިނެޓުގައި ލަނޑުޖަހައި މެޗުގެ ނަތީޖާ އެއްވަރު ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ކެވިން ޑިބްރޭނާއެވެ.

އެކަމަކު މި ލަނޑާއެކު އިތުބާރު ހޯދައި ސިޓީއަށް އޭގެ ފައިދާ ނުނެގި އުޅެނިކޮށް މެޗުގެ 79 ވަނަ މިނަޓްގައި މޮއުސާ ޑެމްބެލޭ މިލަނޑު ކާމިޔާބު ކުރިއިރު އޭގެ ފަހުން ސިޓީގެ ސްޓާލިން އަށް ވަނީ ރަނުގެ ފުރުސަތެއް ލިބި އަނެއްކާވެސް އެއްވަރު ކުރުމަށް ލިބުނު ފުރުސަތު ގެއްލިފައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޑެމްބެލޭ މެޗުގެ 87 ވަނަ މިނަޓް ގައި އަނެއްކާވެސް ވަނީ ލަނޑެއް ކާމިޔާބުކޮށް ލިއޮން އަށް ސެމީގެ ޖާގަ ކަށަވަރު ކޮށްދީފައެވެ.

މި މެޗުން މޮޅުވެ ސެމީއަށް ލިއޮން ދަތުރުކުރި އިރު މިއީ 2010 ވަނަ އަހަރު ފަހުން އެ ޓީމު ޗެމްޕިއަންސް ލީގު ސެމީއަށް ދަތުރު ކުރި ފުރަތަމަ ފަހަރެވެ. 

މި މަހު 18 ގައި ސެމީފައިނަލުގައި ލެއިޕްޒިގް ޕީއެސްޖީއާއި ދެކޮޅަށް ކުޅޭއިރު އޭގެ އަނެއް ދުވަހު ބައްދަލު ކުރާނީ ލިއޮން އާއި ބަޔާން އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ