ށ.ނަރުދޫ ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ޚަބަރު ފަހުގެ

ށ.ނަރުދޫ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރުގައި ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި މިމަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މިމަޝްރޫޢުގެ އަގަކީ 43،829،602.92 (ސާޅީސް ތިން މިލިއަން އަށްލައްކަ ނަވާވީސްހާސް ރުފިޔާ ހަސަތޭކަ ދެ ރުފިޔާ ނުވަދިހަ ދެލާރި) ރުފިޔާއެވެ.

އިޝްތިހާރު
އިޝްތިހާރު

މިމަޝްރޫޢުގެ ދަށުން ނަރުދޫ ބަނދަރުގެ 36،010.00 ކިޔުބިކް މީޓަރު ފުންކުރުމަށް ހަމަޖެހިފައިވެއެވެ. އަދި 15،202 ކިޔުބިކް މީޓަރު ބަނދަރަށް އިތުރުކުރެވޭ ބައިން ފުންކުރެވޭނެއެވެ.

މިމަޝްރޫޢުގެ ދަށުން 10 މަގުބައްތި ހަރުކުރުމާއި 955 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރޭމްޕެއްވެސް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން 4،120 ކިޔުބިކް މީޓަރު ބަނދަރަށް ވަންނަ ނެރު ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ. 10 މޫރިންގ ބޮއި ހަރުކުރުމަށް ހަމަޖެހިފައިވާއިރު 210 މީޓަރުގެ އެއްގަމު ތޮށި ޖަހާއިރު 399 މީޓަރ ބޮޑުހިލައިގެ ބޭރު ތޮށި ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

އަދި 2 ނެވިގޭޝަން ލައިޓް ހަރުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ