ރައީސް ސޯލިހު އިތުރު ދައުރަކަށް ހޮވަން ބޭނުން: ފައްޔާޒު

ފަހުގެ ސިޔާސީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދެއްވަން ބޭނުންވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ކެމްޕޭނަށް މިއަދު ޅ.ހިންނަވަރަށް ވަޑައިގެން އެމްޑީޕީގެ އާންމު މެމްބަރުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ފައްޔާޒު ވިދާޅުވީ އެމްޑީޕީ އަށް 2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދޭން ބޭނުންވާ ކަމަށާއި އަދި ހާއްސަކޮށް ރައީސް ސޯލިހަށް އިތުރު ދައުރެއް ދެއްވަން ބޭނުންވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މި ބައްދަލުވުމުގައި އިތުރަށް ވާހަކަދައްކަމުން ފައްޔާޒު ވަނީ ރާއްޖޭގައި މިއަދު އޮތީ އެމްޑީޕީން ވަކާލާތު ކުރި ސަރުކާރެއް ކަމަށާއި ގޮންޖެހުންތަކާއެކު ވެސް އަދި އަނިޔާވެރިނުވެ ވެރިކަން ކުރެވިދާނެކަން ރައީސް ސޯލިހު ދައްކަވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި އެމްޑީޕީގެ އާންމު މެމްބަރުން މިއަދު ތިބީ ޕާޓީއާ ގުޅުން ބަދަހިވެގެން ހަރަކާތްތައް ހިންގަން ފެންބޮވައިގެންފައި ކަމަށާއި ޗެއާޕާސަން ކަމަށް އިންތިހާބުވުމަށްފަހު އެ މަސައްކަތް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޗެއާޕާސަންގެ އިންތިހާބުގައި ފައްޔާޒާއި ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އެވެ.

އެމްޑީޕީގެ ޗެއަރޕާސަން މަގާމާއި އަންހެނުންގެ ރޫހު، ޒުވާނުންގެ ހިތްވަރުގެ ރައީސް އަދި ނައިބް ރައީސް ކަމުގެ މަޤާމުގެ އިންތިހާބް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 14 ވަނަ ދުވަހު އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ