ރާއްޖޭގައި ދެ ރައީސުން ތިބި ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

ފަހުގެ ސިޔާސީ

ދިވެހިރާއްޖޭގައި މިވަގުތު ދެ ރައީސުން ތިއްބެވި ކަމަށާއި، އެ ދެރައީސުންވެސް ވަނީ ރައްޔިތުންނަށް އޮޅުވާލާފައިކަމަށް ކުރީގެ ރައީސް، އަދި އިދިކޮޅު ކޯލިޝަންގެ ލީޑަރ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިއަދު ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނު ވިދާޅުވީ، ދިވެހިރާއްޖޭގެ ދައުލަތް ހިންގަމުން މިވަގުތުދާ ދެ ރައީސުން ވެސް އަންނަނީ ރައްޔިތުންނަށް އޮޅުވާލަމުން ކަމަށެވެ. އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ފައިދާ ހޯދަމުންދަނީ އޮޅުވާލައިގެން ކާމިޔާބު ކޮށްފައިވާ މަގާމެއްކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި ދެވަނައަށް ރައީސް ކަމަށް އިންތިޚާބު ކުރެވުނު، ނައިބުރައީސް ފައިސަލް ނަސީމް، އެ މަގާމަށް ސްޕްރީމްކޯޓުން ހަމަޖެއްސެވީ ރައީސް ޞާލިހު އަދާކުރައްވަންޖެހޭ މަސްއޫލިއްޔަތު ރަނގަޅަށް އަދާނުކުރެވޭތީ ކަމަށާއި، ސުޕުރީމް ކޯޓުގެ އެ ނިންމުން އެ ކޯޓުން އަލުން އަނބުރާ ރުޖޫޢަ ކުރެއްވިތޯވެސް ރައީސް ޔާމީން ސުވާލު ކުރައްވާފައި ވެއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި މިވަނީ، ރައީސް ޞާލިހު ތައިރޮއިޑް އޮޕަރޭޝަނެއް ކުރެއްވުމަށްޓަކައި ނައިބު ރައީސް ފައިސަލް ނަސީމް ރައީސްކަމުގެ މަސްއޫލިއްޔަތުގެ ހުވާ ކުރައްވާފައިވާތީއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ