ޓެލެމެޑިސިންގެ ހިދުމަތް އަލުން ފުޅާކުރަނީ

ޚަބަރު ފަހުގެ

ޓެލެމެޑިސިންގެ ހިދުމަތް ރާއްޖޭގައި އަލުން ފަށައި، ފުޅާކުރަން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

މި ހިދުމަތް ކުރިން ރާއްޖޭހެ ބައެއް ސަރަހައްދުތަކުގައި ފެށީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ.
އޭރު ދަސަން ހެލްތު ކޯޕަރޭޝަންގެ ފަރާތުން ހިތަދޫގެ އޭރުގެ ރީޖަނަލް ހޮސްޕިޓަލް އެޗްއާރްއެޗް) ގައި ވެސް ޓެލެމެޑިސިންގެ ހިދުމަތް ފެށި އެވެ. އެކަމަކު މާ ގިނަ ދުވަހެއް ނުވެ މި ހިދުމަތް ރާއްޖޭގައި ހުއްޓުމަކަށް އަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޓެލެމެޑިސިންގެ ހިދުމަތަކީ ރަށުގައި ތިބެގެން ރަށުން ބޭރުގައި ހިދުމަތްދޭ ޑޮކްޓަރުންނާއި ވާޗުއަލްކޮށް ބައްދަލުކޮށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހަމަޖެއްސައިދޭ ނިޒާމެކެވެ.

ހެލްތު މިނިސްޓްރީން ބުނީ އަލުން ޓެލެމެޑިންގެ ހިދުމަތް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް މިހާރު ވަަމުން އަންނަ ކަމަށެވެ. އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް ވިދާޅުވީ ޓެލެމެޑިސިންގެ މުހިންމުކަން އެންމެ ބޮޑަށް އެނގިގެން ދިޔައީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ކުރިމަތިލާން ޖެހުނު ލޮކްޑައުން ހެދި ކަމަށެވެ. އެހެންވިެ ސިއްހީ ދާއިރާ އަށް ގެންނަ ކުރިއެރުންތަކުގެ ތެރެއިން މުޅި ރާއްޖެ އަށް އަލުން ޓެލެމެޑިސިންގ ފުޅާކުރުމަށް ނިންމާފައިވާކަމަށް ވިދާޅުވި އެވެ.

އާދިލް ވިދާޅުވި ގޮތުގައި މި ފަހަރު އެންމެ ފުރަތަމަ ޓެލެމެޑިސިންގެ ހިދުމަތް ފަށާނީ ފ. އަތޮޅުގަ އެވެ. އެގޮތުން މީގެ ޕައިލެޓް ޕްރޮޖެކްޓް އަންނަ ޖުލައި މަހުގެ 26 ގެ ކުރިން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅު އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ