ދިއްދޫ ޖޫނިއާ ކޮލެޖް ހަދަން ހަވާލުކޮށްފި

ޚަބަރު ފަހުގެ

ހއ. ދިއްދޫގައި ހަދަން ހަމަޖެހިފައިވާ ޖޫނިއާ ކޮލެޖް އިމާރާތްކުރަން ވީ އަވާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފި އެވެ.

މިއީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ހަދާ ކޮލެޖެކެވެ. ދިއްދޫ ކޮލެޖް ކޮލެޖް ޚާއްސަކޮށްފައި ވަނީ ފުޑް ޕްރޮސެސިން އާއި ޓެކްނޮލޮޖީ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތައް ހިންގުމަށެވެ. ނަމަވެސް ތަފާތު އެހެނިހެން ދާއިރާތަކުންވެސް ވޮކޭޝަނަލް ކޯސްތައް އެތަނުގައި ހިންގާނެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ދިއްދީ ޖޫނިއާ ކޮލެޖް ހަދަން ނިންމާފައި ވަނީ 30،000 އަކަފޫޓްގެ ބިމެއްގަ އެވެ. މި ޕްރޮޖެކްޓް ހުރިހާ ފޭސްތަލެއް ނިމޭ އިރު ކިޔަވައި ދިނުމަށް ބޭނުންކުރާ އިންސްޓިޓިއުޓް ބްލޮކެއްގެ އިތުރުން އެކޮމަޑޭޝަން ބްލޮކެއް ވެސް ހުންނާނެއެވެ. އެތަނުގައި ފުޑް ޓެސްޓިން ލެބަކާއި، މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން އަށް ކްލާސް ރޫމާއި އައިސީޓީ ލެބޯޓަރީއެއް ވެސް ހުންނާނެ އެވެ.

މީގެ އިތުރުން އިދާރީ ހިދުމަތްތަކަށް ހާއްސަ ބަޔަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ހާއސަ އޭރިއާއެއްގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީ ވެސް ހުންނާނެ އެވެ. އަދި ޢިމާރާތުގައި ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރު ކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއި ޖިމެއް ވެސް ހުންނާނެ އެވެ.

ދިއްދޫ ޖޫނިއާ ކޮލެޖް އިމާރާތްކުރަން ހަވާލުކުރީ މަސައްކަތް ފަށާތާ 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ