މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީގެ މަޤާމަށް ބޭފުޅަކު އައްޔަންކުރައްވައިފި

ޚަބަރު ފަހުގެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީގެ މަޤާމަށް ބޭފުޅަކު އައްޔަންކުރައްވައިފި އެވެ.

މި މަޤާމަށް ރައީސް ސޯލިހް އައްޔަންކުރެއްވީ ހެންވޭރު ޓިވެގާލައިޓް، އާމިނަތު ޝިފާނާ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޝިފާނާ މި މަޤާމަށް ޢައްޔަންކުރެއްވުމުގެ ކުރިން ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމުގައެވެ. އޭގެ އިތުރުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯސަލް ސަރވިސްގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމާއި ދަޢުލަތުގެ އެހެން ބައެއް އިދާރާތަކުގައި އިސްމަޤާމުތައް ފުރުއްވާފައިވެއެވެ.

ޝިފާނާ ވަނީ މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން މާސްޓަރ އޮފް މެނޭޖްމަންޓް ހާޞިލު ކުރައްވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ