ހޯރަފުށީ މަގުހެދުމުގެ މަޝްރޫއު ހަލުވިކަމާއެކު ކުރިއަށް

ޚަބަރު ފަހުގެ

ހއ. ހޯރަފުށީ މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތްތައް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް އެމަސައްކަތުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީއިން ވިދާޅުވީ، ހޯރަފުށީ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން، ކާސްޓިންގ މަސައްކަތްތަކުގެ 84 އިންސައްތަ ނިމިފައިވާ ކަމަށެެވެ. އަދި އިލެކްޓްރިކަލް ޖަންކްޝަން ފޮށި ވަޅުލުމާއި ހޮޅި ވަޅުލުމުގެ މަސައްކަތުގެ 36 އިންސައްތަ ނިމިފައިވާ ކަމަށާއި މީގެ އިތުރުން، ކަރބްސްޓޯން ބެހެއްޓުމުގެ މަސައްކަތްވެސް މިހާރު ކުރެވެމުންދާ ކަމަށެެވެ.

އިޝްތިހާރު
އިޝްތިހާރު

މި މަޝްރޫއުގެ ދަށުން، 5.3 ކިލޯ މީޓަރުގެ 11 މަގެއް ހެދުމާއި، 25،909 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުއްވާ ސަރަޙައްދު ޤާއިމުކުރުމާއި، 11،114 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މިމަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ، 71.90 މިލިއަން ރުފިޔާއަށް 470 ދުވަސް ތެރޭގައި ނިންމާގޮތަށް 8 އެޕްރީލް 2021 ގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ