ޑޮލަރު ދޭނެ ކަމަށް ބުނެ ފައިސާތަކެއް އަތުލި މީހަކު ހޯދަނީ

ޚަބަރު ފަހުގެ

ޑޮލަރު ދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން އިއުލާންކޮށްފި އެވެ.

ފުލުހުންގެ ވެބްސައިޓުގައި ފޮޓޯ އާންމުކޮށް، ހޯދަން އިއުލާންކޮށްފައިވަނީ ކ. މާލެ/ދަފުތަރު ނަންބަރު ދރ618، ޢަބްދުﷲ މުޢާޒު ސަޢީދު، 34، އެވެ.

އިޝްތިހާރު
އިޝްތިހާރު

ފުލުހުން ބުނީ މުއާޒު ހޯދަނީ ލ. މާމެންދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ޑޮލަރު ހޯދައިދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައިގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާތީ ކަމަށެވެ.

ފުލުހުންގެ ތަހުގީގަށް ހާޒިރުވާން މުއާޒަށް އަންގާފައި ވަނީ މި މަހުގެ 30 ވަނަ ދުވަހުގެ މެންދުރު ފަހު 1:00 އަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ